Advertisement
ކ. މާލެ
|
14 މެއި 2022 | ހޮނިހިރު 17:32
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ
ޙުސައިން މަޚްތޫމް
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލާ ގަޑި ހަވީރު 6:00ށް އިތުރުކޮށްފި
ވަގުތު އިތުރުކުރީ ވިއްސާރަވުމާއި ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެށުނުލެއް ލަސްވުމުގެ ސަބަބުން

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލާ ގަޑި އިތުރުކޮށްފިއެވެ.

މީގެ ކުރިން ހެނދުނު 9:00ން ހަވީރު 4:00އާ ހަމަޔަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވީ ނަމަވެސް، ބައެއް ސަބަބުތަކާ ގުޅިގެން ހަވީރު 6:00ށް ވަނީ ފަސްކޮށްފައެވެ.

Advertisement

އެމްޑީޕީން ބުނީ މިހާރު ކުރިއަށްދާ އެ ޕާޓީގެ އެތެރޭގެ އިންތިޚާބު 2022ގެ ވޯޓުލުމަށް ދެވިފައިވާ ގަޑި، މިއަދު ވިއްސާރަވުމާއި ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެށުނުލެއް ލަސްވުމުގެ ސަބަބުން މިއަދު ހަވީރު 6:00އާ ހަމައަށް ވަގުތު އިތުރުކުރެވިފައިވާ ކަމަށެވެ.

އެމްޑީޕީގެ 17 އަހަރުގެ ތެރޭގައި ބާއްވާ އެންމެ ވާދަވެރި އިންތިޚާބަށް މިއިންތިޚާބު ވެގެންދާއިރު, ޗެއަރޕަރސަންއާއި ޒުވާނުންގެ ހިތްވަރު އަދި އަންހެނުންގެ ރޫހުގެ ރައީސަކު މި އިންތިޚާބުކުރަނީ ފަސް އަހަރުގެ މުއްދަތަށެވެ. އެންމެ ވާދަވެރިކޮށް ކެމްޕެއިން ކުރިޔަށް ގޮސްފައިވަނީ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ (އިންތި)އާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލްއާ ދެމެދުއެވެ. މިދެ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ އެތެރޭގައި މިހާރު އުފެދިފައިވާ ދެ ފެކްޝަނުން ނިކުންނަވާ ދެ ކެންޑިޑޭޓުންކަމުގައިވާތީ، ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ.

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި އިންތިޚާބުގައި ވޯޓުލުމަށް 194 ރަށެއްގައި ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އަދިމާލޭގައި 87 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ މާލޭގެ 15 ދާއިރާއެއްގެ ވޯޓު ފޮށީގެ އިތުރުން ކޮންމެ ދާއިރާއަކަށް ފޮއްޓެކެވެ. މިއިންތިޚާބުގައި ޗެއަރޕަރސަން ހޮވުމަށް 94،211 މީހުންނަށް ވޯޓުލެވޭކަމަށް އެމްޑީޕީން ބުނެއެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސަކު އިންތިޚާބުކުރުމަށް 41،027 މެމްބަރުންނަށް ވޯޓުލެވޭއިރު، ޒުވާނުންގެ ހިތްވަރަށް މީހަކު އިންތިޚާބުކުރުމަށް 32،057 މެމްބަރުންނަށް ވޯޓުލެވެއެވެ.

6 ޖަހާއިރު ވޯޓު ނެގުން ބަންދުކޮށް 15 މިނެޓް ފަހުން ގުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް