Advertisement
ކ. މާލެ
|
14 މެއި 2022 | ހޮނިހިރު 16:58
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ރިޔާސީ އިންތިޚާބު 2023
ރިޔާސީ ދެވަނަ ދައުރަކަށް ވާދަނުކުރައްވަން ރައީސް ސޯލިހު ނިންމަވާފައެއްނުވޭ: ރައީސް އޮފީސް
ވާދަނުކުރައްވަން ރައީސް ނިންމަވާފައެއްނުވޭ
ހޮނިހިރު ދުވަހު އެމްޑީޕީގެ އެތެރޭގެ ބޮޑު 3 އިންތިޚާބެއްގެ ވޯޓުލުން ވަނީ ކުރިއަށްގެންގޮސްފައި
ދާދިފަހުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިއީ ފެތެމުންދާ ސަރުކާރެއްކަމަށް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީއާއި ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިނުވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އެހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެގޮތުން ރައީސް ނަޝީދު ވަނީ، ރައީސް ސޯލިހު ނުކުންނަވާނެކަމަށް ލަފާނުކުރެއްވޭކަމަށް ވިދާޅުވެ، ރައީސް ސޯލިހު ވާދަ ނުކުރައްވާނެކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

އެހެންނަމަވެސް ރައީސް އޮފީހުން ބުނެފައިވަނީ، އެމްޑީޕީގެ ޕްރައިމަރީއާއި ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވަން ރައީސް ސޯލިހު ނިންމަވާފައިނުވާކަމަށެވެ.

ހޮނިހިރު ދުވަހު ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ހޮނިހިރު ދުވަހު އެމްޑީޕީގެ އެތެރޭގެ ބޮޑު 3 އިންތިޚާބެއްގެ ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އިންތިޚާބުގެ ކެމްޕެއިން ތެރެއިން، އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ބައިބައިވުމުގެ އަސަރުވެސް ދަނީ ފެންނަމުންނެވެ.

Advertisement

މިހާރު އެމްޑީޕީއަށް އައު ޗެއަރޕަރސަންއެއް ކަނޑައެޅުމުގެ ކެމްޕެއިންގެ ފޯރިގަދަވެފައިވާއިރު، ޕާޓީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. އެގޮތުން ދާދިފަހުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިއީ ފެތެމުންދާ ސަރުކާރެއްކަމަށެވެ. މިވަގުތު ޕާޓީއަށް އެންމެ ރަނގަޅީ ފެތެމުންދާ ސަރުކާރަކާއެކު ނެތުންކަމަށް ވަނީ ވިދާޅުވެފައެވެ. 

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކު ނެރުމަށް ބޭއްވި ޕްރައިމަރީގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތެވެ. ނަމަވެސް އެފަހަރު ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސުން ކަނޑައަޅައި، އިންތިޚާބު ހުއްޓުވަން ކޯޓު އަމުރެއް ނެރުނެވެ.

އެހެންކަމުން އއ. އުކުޅަހުގައި ބޭއްވި ކޮންގްރެސްގައި، އޭރު އެމްޑީޕީގެ ޕީޖީ ކަމުގައި ހުންނެވި އިބްރާހީމް މުހައްމަދު ސާލިހަށް އެޕާޓީގެ ޓިކެޓް ދިނުމަށް ނިންމީއެވެ.

Advertisement

Advertisement
- ކޮމެންޓް