Advertisement
ކ. މާލެ
|
14 މެއި 2022 | ހޮނިހިރު 11:33
ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުގައި ވޯޓު ލައްވާ މަންޒަރު
ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުގައި ވޯޓު ލައްވާ މަންޒަރު
-
އެމްޑީޕީ އެތެރޭގެ އިންތިޚާބު
ރައީސުލްޖުމްހޫރިއްޔާ އެމްޑީޕީ ޗެއަރޕަރސަން އިންތިޚާބުގައި ވޯޓު ލައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ވަނީ އިންތިޚާބުގައި ވޯޓު ލައްވާފައި
ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް ވަނީ ވޯޓު ލައްވާފައި
ޗެއަރޕަރސަންގެ މަގާމަށް ވާދަކުރައްވާ ދެެ ކެންޑިޑޭޓުން މިހާރު ވަނީ ވޯޓު ލައްވާފައި

މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވޯޓުލައްވައިފިއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ ވޯޓު ލައްވާފައިވަނީ ދަރުމަވަންތަ ސްކޫލްގައި ބަހައްޓާފައިހުރި ޅ. ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށެވެ. އެމަނިކުފާނު ވޯޓު ލެއްވީ 10:27 ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މި އިންތިޚާބުގައި ވޯޓު ލައްވާފައެވެ. އެމަނިކުފާނު ވޯޓު ލެއްވީ ހޮނިހިރު ދުވަހުގެ ހެނދުނު 10:17 ގައެވެ.

މި އިންތިޚާބުގައި ދެ ރައީސުން ވޯޓު ލައްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲ ވެސް ވަނީ އިންތިޚާބުގައި ވޯޓު ލައްވާފައެވެ. އަދި އިންތިޚާބުގައި ޗެއަރޕަރސަންގެ މަގާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ ވޯޓު ލައްވާފައެވެ.

މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 09:00 ގައެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 16:00 ގެ ނިޔަލަށެވެ.

Advertisement

Advertisement
- ކޮމެންޓް