Advertisement
ކ. މާލެ
|
14 މެއި 2022 | ހޮނިހިރު 09:47
އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ޖަމާލުއްދީން ސްކޫލްގައި ކުރިއަށްދަނީ
އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ޖަމާލުއްދީން ސްކޫލްގައި ކުރިއަށްދަނީ
ރާއްޖެއެމްވީ
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު
އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
ތިން މަގާމަކަށް މެމްބަރުން އައްޔަންކުރެވިގެންދާނީ 5 އަހަރުގެ މުއްދަތަށް
ންތިޚާބުގައި ވޯޓުލުމަށް 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެ
ޗެއަރޕާސަން ހޮވުމަށް 94،211 މީހުންނަށް ވޯޓުލެވޭ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ ރައީސުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 9:00 ގައެވެ. މި އިންތިޚާބުގެ ވޯޓުލުން ހަވީރު 4:00 އާއި ހަމަޔަށް ކުރިއަށްދާނެއެވެ.

އެމްޑީޕީގެ 17 އަހަރުގެ ތެރޭގައި ބާއްވާ އެންމެ ވާދަވެރި އިންތިޚާބަށް މިއިންތިޚާބު ވެގެންދާއިރު ޗެއަރޕާސަން އާއި ޒުވާނުންގެ ހިތްވަރު އަދި އަންހެނުންގެ ރޫހުގެ ރައީސަކު މިއިންތިޚާބުކުރަނީ ފަސް އަހަރުގެ މުއްދަތަށެވެ. އެންމެ ވާދަވެރިކޮށް ކެމްޕެއިން ކުރިޔަށް ގޮސްފައިވަނީ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ (އިންތި) އާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލްއާއި ދެމެދުއެވެ. މިދެ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ އެތެރޭގައި މިހާރު އުފެދިފައިވާ ދެ ފެކްޝަނުން ނިކުންނަވާ ދެ ކެންޑިޑޭޓުންކަމުގައިވާތީ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ.

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި އިންތިޚާބުގައި ވޯޓުލުމަށް 194 ރަށެއްގައި ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އަދިމާލޭގައި 87 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ މާލޭގެ 15 ދާއިރާއެއްގެ ވޯޓު ފޮށީގެ އިތުރުން ކޮންމެ ދާއިރާއަކަށް ފޮއްޓެކެވެ. މާލޭގެ 15 ދާއިރާގެ ވޯޓު ފޮށިތައް ބަހައްޓާތަންތަނަކީ:

-ހުޅުމާލެ ދާއިރާ :ގާޒީ ސްކޫލް

-މެދު ހެންވޭރު ދާއިރާ : ކަލާފާނު ސްކޫލް

-ހެންވޭރު ދެކުނު ދާއިރާ: ކަލާފާނު ސްކޫލް

-ހެންވޭރު އުތުރު ދާއިރާ: ކަލާފާނު ސްކޫލް

-ހެންވޭރު ހުޅަނގު ދާއިރާ: ކަލާފާނު ސްކޫލް

-ގަލޮޅު ދެކުނު ދާއިރާ: ޖަމާލުއްދީން ސްކޫލް

-ގަލޮޅު އުތުރު ދާއިރާ: ޖަމާލުއްދީން ސްކޫލް

Advertisement

-މައްޗަންގޮޅި އުތުރު ދާއިރާ: ޖަމާލުއްދީން ސްކޫލް

-މައްޗަންގޮޅި ދެކުނު ދާއިރާ: ޖަމާލުއްދީން ސްކޫލް

-މައްޗަންގޮޅި މެދު ދާއިރާ: ޖަމާލުއްދީން ސްކޫލް

-މާފަންނު އުތުރު ދާއިރާ: ހިރިޔާ ސްކޫލް

-މާފަންނު ހުޅަނގު ދާއިރާ: ހިރިޔާ ސްކޫލް

-މާފަންނު މެދު ދާއިރާ: ހިރިޔާ ސްކޫލް

-މާފަންނު ދެކުނު ދާއިރާ: ހިރިޔާ ސްކޫލް

-ވިލިމާލެ ދާއިރާ: ޔޫތް ސެންޓަރ

މިއިންތިޚާބުގައި ޗެއަރޕާސަން ހޮވުމަށް 94،211 މީހުންނަށް ވޯޓުލެވޭކަމަށް އެމްޑީޕީން ބުނެއެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސަކު އިންތިޚާބުކުރުމަށް 41،027 މެމްބަރުންނަށް ވޯޓުލެވޭއިރު ޒުވާނުންގެ ހިތްވަރަށް މީހަކު އިންތިޚާބުކުރުމަށް 32،057 މެމްބަރުންނަށް ވޯޓުލެވެއެވެ.

އެމްޑީޕީން ވަނީ ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިޔަށްދާނެ ގޮތް އާންމުކޮށްފައެވެ. އެއުސޫލަށް ބަލާލާއިރު ވޯޓުލާ ނިމުމުން ވޯޓުފޮށި ބަންދުކުރާތާ 15 މިނެޓް ފަހުން ވޯޓު ފޮށި ގުނަން ފަށާގޮތަށް ވަނީ ނިންމާފައެވެ. މީގެއިތުރުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށްފަހު ވޯޓު ކަރުދާހުގެ ފޮޓޯ ނަގައިގެން ނުވާނެކަމަށް ވަނީ އަންގާފައެވެ.

ވޯޓުނަގާ ދުވަހު ކުރުން މަނާ ކަންތައްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ކެމްޕެއިންގެ ގޮތުގައި ބެލެވޭ އެއްވެސް ހަރަކާތެއް ނުހިންގުމާއި ވޯޓުލާން ދާ އެއްވެސް މީހަކު ވޯޓުލުމަށްފަހު ވޯޓުލާ މަރުކަޒުގައި މަޑުކުރުމާއި ކެންޑިޑޭޓަކު ވޯޓުލާ މަރުކަޒަށް ވޯޓުލާން ވަންނަ ވަނުން ފިޔަވައި މަރުކަޒަށް ވަނުމާއި މަރުކަޒުގައި މަޑުކުރުމެވެ. މީގެއިތުރުން ވޯޓުލުމަށްފަހު ވޯޓުކަރުދާސްކޮޅުގައި ޖަހާފައިވާ ފާހަގަ އެހެން މީހުންނަށް ދެއްކުމާއި ވޯޓުކަރުދާސްކޮޅު ހިފައިގެން އެސަރަހައްދުން ބޭރަށް ދިއުންވެސް ވަނީ މަނާ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް