ހދ. ކުޅުދުއްފުށި ސިޓީ
|
12 މެއި 2022 | ބުރާސްފަތި 14:55
ވައިކަރަދޫގައި ޕޮލިސް ޕޯސްޓް ހުޅުވުން
ވައިކަރަދޫގައި ޕޮލިސް ޕޯސްޓް ހުޅުވުން
މޯލްޑިވްސް ޕޮލިސް
ވައިކަރަދޫ ޕޮލިސް ޕޯސްޓް ހުޅުވުން
ވައިކަރަދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި ޚިދުމަތް ދޭން ފަށައިފި
 
ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު

ހދ.ވައިކަރަދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

މިއީ ރައްޔިތުންނާއި ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ. މިކަމަށްޓަކައި ވައިކަރަދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. ޕޮލިސް ޕޯސްޓު ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓުގައި ދިވެހިރާއްޖޭގެ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲއެވެ. އަދި ފުލުހުންގެ ދިދަ ނަންގައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ފުލުހުންނާއި ވައިކަރަދޫ ރައްޔިތުންނާއި މުއައްސަސާތައް ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ވައިކަރަދޫގައި ފުލުހުންގެ ޚިދުމަތް ފެށިފައިވުމަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ އަމާންކަމާއި ރައްކާތެރިކަން ކަމަށާއި، ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދިނުމުގައި އިގްތިޞާދީ ދާއިރާއާއެކު މަސައްކަތްކުރުމަކީ އަމާންކަންކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ ފުލުހުން ރަށެއްގައި ގާއިމު ކުރުން އެއީ މުހިންމު ކަމެއްކަމުގައިވިޔަސް އެންމެ މުހިންމު ކަމަކީ އެ ރަށެއްގެ މުޖުތަމައުއަށް ރަނގަޅު ފެންވަރެއްގައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފުލުހުންގެ ޚިދުމަތް ލިބިގެންދިއުން ކަމުގައެވެ. އަދި ވައިކަރަދޫއަށް ކުރިމަތިވެފައިވާ ކުށުގެ ކަންކަމާއި އިޖުތިމާއީ މައްސަލަތަކަށް އިޖާބަދީ އެކަންކަމަށް ފިޔަވަޅު އަޅައި ހައްލު ހޯދުމަށް އަބަދުވެސް ފުލުހުން މަސައްކަތްކުރުން އެއީ މުހިންމު ކަމެއްކަމާއި ވައިކަރަދޫގައިވެސް އަވައްޓެރި ފުލުހުންގެ ޚިދުމަތް ކުރިއަށްގެންގޮސް ކުށް މަދު އަމާން މާހައުލަކަށް ހެދުމަށްޓަކައި ރަށުގެ މުވައްސަސާތަކާ ގުޅިގެން މަސައްކަތްކުރުން އެއީ އެންމެ އިސްކަންދޭ ކަންކަން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ އަމާޒަކީ ޖީލުތަކަށް ދެމިގެންދާނެ ރައްކާތެރި މުޖުތަމައުއެއް ބިނާކުރުމަށް ފުލުހުންގެ މަސައްކަތް ތަރައްގީކުރުން ކަމުގައި ކޮމިޝަނަރު ވިދާޅުވިއެވެ.

ވައިކަރަދޫ ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއާޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޕޯސްޓު ބައްލަވާލައްވާފައެވެ. ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި ކައުންސިލް މެމްބަރުންގެ އިތުރުން ރަށުގައި ހުރި މުއައްސަސާތަކުގެ އިސްވެރިންވެސްވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
100%
0%
ކޮމެންޓް