ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 12:00
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
މަޖިލިސް
ފިސްކަލް ޒިންމާގެ ބިލު
ކަންކަން ހާމަކުރާނެކަމަށް ބުނެ މިހާތަަނަށް ފެނުނީ ތުރުކީ ފުށް އެކަނި، ސަރުކާރުގެ އެތެރެފުށެއް ނުފެނޭ: ޒިޔާދު
މި ސަރުކާރު ވެރިކަމަށް އައީ ކަންކަން ހާމަ ކުރާނެކަމުގެ ވައުދާއެކު
ސިޔާސީ މަޤާމުތަކުގެ އަދަދުވެސް މިއަދާ ހަމައަށް ނޭނގޭ
ޚަަރަދު ކުޑަކުރަން ބޭނުންވާނަމަ ސިޔާސީ މުވައްޒަފުންގެ އަދަދު ފުރަތަމަ ހާމަކުރަން ޖެހޭ

ކަންކަން ހާމަކުރާނެ ކަމުގެ ވައުދާއެކު އައި ސަރުކާރުން ފެންނަމުންދަނީ އެއާ ދިމާ އިދިކޮޅު މަންޒަރުކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ކަންކަން ހާމަ ކުރާނެކަމުގެ ވައުދާއެކު ކަމަށެވެ.

މިހާތަނަށް ފެނުނީ ތުރުކީ ފުށް އެކަނި، ސަރުކާރުގެ އެތެރެފުށެއް ނުފެނޭ
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

ޒިޔާދު ވިދާޅުވީ، ސިޔާސީ މަޤާމުތަކުގެ އަދަދުވެސް މިއަދާ ހަމައަށް ނޭނގޭ ކަމަށާއި، ޚަަރަދު ކުޑަކުރަން ބޭނުންވާނަމަ ސިޔާސީ މުވައްޒަފުންގެ އަދަދު ފުރަތަމަ ހާމަކުރަން ޖެހޭ ކަމަށެވެ.

އޭގެ ބަދަލުގައި ސަރުކާރުން ގެންދަނީ އާންމު ރައްޔިތުންގެ ތަކުލީފުތައް އިތުރު ކުރަމުންކަން ފާހަގަ ކުރައްވައި ޒިޔާދު ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވާފައެވެ.

ޒިޔާދު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ނިސްބަތްވާ ޕާޓީއަށް ހޯދައިދިނުމަށް ސަރުކާރުން އެތައް ހޭދައެއް ކޮށްފައިވާ ކަމަށާއި، އިޤްތިސާދީ ގޮތުން އިސްރާފު ބޮޑު ޚަރަދުތަކެއް މިއަދާ ހަމައަށް މި ސަރުކާރުން ކޮށްފައިވާ ކަމަށެވެ.

ސިޔާސީ މަޤާމުތަކުގެ އަދަދުވެސް މިއަދާ ހަމައަށް ނޭނގޭ ކަމަށް މެމްބަރު ޒިޔާދު ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔާތު ކޮމިޓީގައި، ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް އެދުމުންވެސް އެ މައުލޫމާތު ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީގު ދެއްވާފައެއް ނުވެއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ ސީދާ އަދަދެއް މިނިސްޓަރަށްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް މޮނިޓަރ ކުރަމުން އަންނަ ކަމަށާއި، ސިޔާސީ މުވައްޒަފުންގެ އަދަދު ޖެހޭނީ ސާފުކުރައްވަން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް