ކ. މާލެ
|
22 މާރޗް 2024 | ހުކުރު 22:39
ވައިކަރަދޫ އަށް ގެންދާ ޖަނަރޭޓަރު
ވައިކަރަދޫ އަށް ގެންދާ ޖަނަރޭޓަރު
ފެނަކަ ކޯޕަރޭޝަން
ވައިކަރަދޫއަށް ޖަނަރޭޓަރު ފޮނުވަނީ
ޝަކުވާތައް ގިނަވެގެން އެންމެފަހުން ވައިކަރަދޫ އަށް ޖަނަރޭޓަރެއް ގެންދަނީ
 
މިދިޔަ ހޯމަ ދުވަހުން ފެށިގެން އެރަށަަށް ރަނގަޅަށް ކަރަންޓު ނުލިބޭ ކަމަށާއި ހަތަރު ދުވަސް ވަންދެން ވައިކަރަދޫ އޮތީ ކަނު އަނދިރީގައި ކަމަށް އެރަށު މީހުން ބުނޭ

ހދ. ވައިކަރަދޫގައި ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެ، ޝަކުވާތައް ފުނިޖެހެން ފެށުމުން އެ މައްސަލަ ހައްލުކުރުމަށް މަދަމާ އެ ރަށަށް ޖަނަރޭޓަރެއް ފޮނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ވައިކަރަދޫއަށް ރަނގަޅަށް ކަރަންޓު ނުލިބޭތާ ފަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އެ ރަށު ރައްޔިތުން އަންނަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ.

އެގޮތުން މިދިޔަ ހޯމަ ދުވަހުން ފެށިގެން އެރަށަަށް ރަނގަޅަށް ކަރަންޓު ނުލިބޭ ކަމަށާއި ހަތަރު ދުވަސް ވަންދެން ވައިކަރަދޫ އޮތީ ކަނު އަނދިރީގައި ކަމަށް އެރަށު މީހަކު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގަ ބުނެފައި ވެއެވެ.

އެއާއެކު، ވައިކަރަދޫ ރައްޔިތެއް ފެންވަރަނިކޮށް ގެއިން ކަރަންޓް ކެނޑުމުން ގައިގައި ހުރި ސައިބޯންޏާއެކު ތުވާލި އަނދެގެން މަގުމަތީ ހުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ބުރާސްފަތި ދުވަހުގެ ރޭ ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި އެމީހާ ފާހަގަކޮށްފައި ވަނީ ގޭގެ ވަޅު ބިމުގެ އަޑީގައި ހުރުމުން ފެން ނަގާނެ ގޮތެއް ނެތް ކަމަށެވެ.

މި ކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ރަށުގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 250 ކިލޯވޯޓްގެ އާ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް