Advertisement
ކ. މާލެ
|
9 މެއި 2022 | ހޯމަ 00:06
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން
ރާއްޖެއެމްވީ
އެމްޑީޕީ ޗެއަރޕާސަންގެ އިންތިހާބު
ރާއްޖެޓީވީ އިން ގެނެސްދޭ އިންތިއާއި ފައްޔާޒުގެ ބަހުސް މި މަހުގެ 11 ވަނަ ދުވަހުގެ ރޭ
ބަހުސް އޮންނާނީ މެއި 11 ވާ ބުދަ ދުވަހުގެ ރޭ 10:30 ގައި
ސޯޝަލް މީޑިއާ އެކައުންޓްތަކުން ވެސް ބަހުސްގެ ލައިވް ވަގުތުން ބަލާލެވޭނެ

މި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި)އާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް އާއި ދެބޭފުޅުންގެ ދެމެދުގައި ރާއްޖެޓީވީން ބާއްވާ ބަހުސް މި މަހުގެ 11 ވާ ބުދަ ދުވަހުގެ ރޭ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

މި ބަހުސް ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. ބަހުސް އޮންނާނީ މި މަހުގެ 11 ވާ ބުދަ ދުވަހުގެރޭ 10:30 ގައެވެ. އަދި މި ބަހުސް ވަގުތުން ރާއްޖެޓީވީން ދުރަށް ދައްކާނެއެވެ. މީގެ އިތުރުން ރާއްޖެޓީވީގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ވެސް ވަގުތުން މި ބަހުސް ބަލާލެވޭނެއެވެ.

މި ބަހުސް ބޭއްވުމަށްޓަކައި, މި މަގާމަށް ވާދަކުރައްވާ 2 ކެންޑިޑޭޓުންނަށް ވަނީ ދައުވަތު އަރުވާފައެވެ. އަދި 2 ކެންޑިޑޭޓުންވެސް ވަނީ ދައުވަތު ގަބޫލުކުރައްވާފައެވެ. މިއީ 2 ކެންޑިޑޭޓުންގެ މެދުގައި މިފަދަ ބަހުސްއެއް ޓީވީ ސްޓޭޝަނަކުން ބާއްވާ ފުރަތަމަ ފަހަރެވެ.

Advertisement

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ތެރެއިން އެންމެ ފޯރިގަދަވާނެކަމަށް ބެލެވޭ މި އިންތިޚާބުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުން ބަހުސް ރާއްޖެ ޓީވީން ގެނެސްދޭން ނިންމާފައިވަނީ، ދެ ކެންޑިޑޭޓުން އެއްތަނަކަށް ގެނެސް, ދެ ކެންޑިޑޭޓުންގެ ތަސައްވަރު ހާމަކޮށް, އާންމުން މިފަދަ ބަހުސްއެއް ބަލައިލަން ބޭނުންވާތީ އެ ފުރުސަތު ފަހިކޮށްދިނުމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ރޯދަމަހާ ދިމާވާތީ, ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތުން އެ އިންތިޚާބު މި މަހުގެ 14 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައެވެ. މެއި 14 ވާ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބަށް 2 ކެންޑިޑޭޓުން ވެސް އަންނަނީ ފޯރިއާއެކު ކެމްޕެއިން ކުރައްވަމުންނެވެ.

Advertisement

Advertisement
- ކޮމެންޓް