ކ. މާލެ
|
8 މެއި 2022 | އާދީއްތަ 18:00
ސިޔާސީ ވެރިންގެ ޝަކުވާތަކުގެ ސަބަބުން މަހަރާޝްތުރާގެ ހުޅަނގުގައިހުރި 900ށް ވުރެ ގިނަ މިސްކިތުގައި މިހާރު ވަނީ ބަންގި ގޮވާ އަޑު މަޑުކޮށްފައި
ސިޔާސީ ވެރިންގެ ޝަކުވާތަކުގެ ސަބަބުން މަހަރާޝްތުރާގެ ހުޅަނގުގައިހުރި 900ށް ވުރެ ގިނަ މިސްކިތުގައި މިހާރު ވަނީ ބަންގި ގޮވާ އަޑު މަޑުކޮށްފައި
ރޮއިޓާސް
މުމްބާއީގެ މިސްކިތެއްގައި ބަންގި ގޮވާއަޑު މަޑުކުރު
ހިންދޫންގެ ޑިމާންޑް އާއިއެކު މުމްބާއިގެ މިސްކިތްތަކުގައި ބަންގި ގޮވާ އަޑު މަޑުކޮށްފި
މަހަރާޝްތުރާގައި 10 މިލިއަނެއްހާ މުސްލިމުން ދިރިއުޅޭ އިރު އެ ސްޓޭޓް ގައި އުޅޭ ހިންދޫންގެ އަދަދު 70 މިލިއަނަށް އަރާ
މުމްބާއީގެ އެންމެ ބޮޑު މިސްކިތުގައި މިހާރު ބަންގި ގޮވަނީ އަޑު މަޑުކޮށްގެން
ސިޔާސީ ވެރިންގެ ޝަކުވާތަކުގެ ސަބަބުން މަހަރާޝްތުރާގެ ހުޅަނގުގައިހުރި 900ށް ވުރެ ގިނަ މިސްކިތުގައި މިހާރު ވަނީ ބަންގި ގޮވާ އަޑު މަޑުކޮށްފައި

ހިންދޫންގެ ޑިމާންޑުގެ ސަބަބުން އިންޑިއާގެ މުމްބާއީގެ އެތައްސަތޭކަ މިސްކިތެއްގައި ބަންގި ގޮވާ އަޑު މަޑުކޮށްފިއެވެ.

މުމްބާއީގެ އެންމެ ބޮޑު މިސްކިތުގެ އިމާމާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުގައި މިހާރު އެމިސްކިތުގައިވެސް ބަންގި ގޮވުމުގެ ކުރިން އަޑުގަދަކުރާގައި ހަރުކޮށްފަ ހުންނަ ޑެސިބަލް މީޓަރެއް ޗެކް ކުރަންޖެހެއެވެ.

އޭނާ ވަނީ އެސިޓީގައި ބަންގި ގޮވުންވެސް މިހާރު ސިޔާސީ މައްސަލައަކަށް ހަދާފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ސިޔާސީ ވެރިންގެ ޝަކުވާތަކުގެ ސަބަބުން މަހަރާޝްތުރާގެ ހުޅަނގުގައިހުރި 900ށް ވުރެ ގިނަ މިސްކިތުގައި މިހާރު ވަނީ ބަންގި ގޮވާ އަޑު މަޑުކޮށްފައެވެ.

ހިންދޫ ޕާޓީއެއްގެ ލީޑަރު ކަމަށްވާ ރާޖް ތަކެރޭ ވަނީ މިދިޔަ އޭޕްރިލް މަހު ބަންގީގެ އަޑު މަޑުކުރުމަށް ގޮވާލާފައެވެ. އޭނާ ވަނީ މިސްކިތްތަކާއި އަޅުކަންކުރާ އެހެންތަންތަނުގައި އަޑު މަޑުކުރުމަށް ގޮވާލައި، އަޑު މަޑު ނުކުރާނަމަ މިސްކިތްތަކުގެ ބޭރުގައި އަޑުގަދަކޮށް ހިންދޫން އަޅުކަން ކުރާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

ތަކެރޭގެ ޕާޓީއަށް އެގައުމުގެ 288 މެމްބަރުން ހިމެނޭ މަޖިލީހުން ލިބިފައި ވަނީ އެންމެ ގޮޑިއެކެވެ. އެހެން ނަމަވެސް އޭނާ ބުނަމުން ދަނީ ބަންގީގެ އަޑު މަޑުކުރަން އޭނާ ގޮވާލާފައި ވަނީ އެގައުމުގައި އަޑުގަދަކުރުމާ ބެހޭގޮތުން އެކުލަވާލާފައި އުސޫލުތަކަށް ތަބާވުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.

ރިޕޯޓަރުންނާ ވާހަކަ ދައްކަމުން ތަކެރޭ ވަނީ ދީނަކީ މީހެއްގެ އަމިއްލަ ކަމެއް ކަމަށް ވާނަމަ ކޮންމެ އަހަރެއްގެ 365 ދުވަހު ހުއްޓުމެއް ނެތި މުސްލިމުން އަޅުކަންކުރާ އިރު އަޑުގަދަކުރާ ބޭނުން ކުރެވެންވީ ކީއްވެގެންތޯ ބުނެފައެވެ. އޭނާ ވަނީ ހިންދޫއިން އެކުގައި މަސައްކަތްކޮށް މުސްލިމުން އަޑުގަދަކުރާ ބޭނުންކުރާ ކުރުން ހުއްޓުވުމަށް ގޮވާލާފައެވެ.

އިންޑިއާގެ 200 މިލިއަނެއްހާ މުސްލިމުންގެ ލީޑަރުން ގަބޫލުކުރާ ގޮތުގައި ފިތުރު އީދާ ދިމާކޮށް މިގޮތަށް ޑިމާންޑުކޮށްފައި މިވަނީ އެގައުމުގައި އުޅޭ ހަރުކަށި ހިންދޫ ވިސްނުން ގެންގުޅޭ މީހުން އެއްވެ ދީނީ މިނިވަން ކަމަށް އަރައިގަތުމުގެ ނިޔަތުގައެވެ. އަދި މިއީ މިހާރު ސަރުކާރު ހިންގާ ހިންދޫ ނެޝަނަލިސްޓް ބާރަތިޔާ ޖަނަތާ ޕާޓީގެ އުކުޅެއްކަމަށް އެމީހުން ފާހަގަކުރެއެވެ.

ތަކެރޭ ފެށި މިކަންތަކާ ގުޅޭގޮތުން ބީޖޭޕީގެ ބަހެއް ހޯދަށް އުޅުމުން އެމީހުންގެ ބަހެއް ނުލިބޭ ކަމަށާއި އެހެން ނަމަވެސް އެޕާޓީން މައިނޯރިޓީ ގްރޫޕްތަކަށް އަމާޒުކޮށް އެފަދަ ކަންކަން ނުކުރާ ކަމަށް ބުނާ ކަމަށް ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވެއެވެ.

ތަކެރޭގެ މިޑިމާންޑާއެކު މިސްކިތްތަކުގައި ހަރުކޮށްފައި ހުރި އަޑުގަދަކުރާ ތަކުގެ އަޑު މަޑުކުރުމަށް މަހަރާޝްތުރާގެ ފުލުހުންވެސް ވަނީ އަންގާފައެވެ. އެމީހުން ބުނަނީ މިހެން ހަދަންވީ މުސްލިމުންނާ ހިންދޫންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފާނެތީކަމަށެވެ.

ހޮނިހިރު ދުވަހުގެ ފަތިސް ނަމާދަށް ބަންގި ގޮވުމުގައި ދެ މިސްކިތެއްގެ އަޑުގަދަކުރާ ބޭނުންކުރުމުން، ބަންގި ގޮވި ދެމީހުންނާ މެދުވެސް މަހަރާޝްތުރާގެ ފުލުހުން ވަނީ ފިޔަވަޅު އަޅާފައެވެ. އަދި މިސްކިތްދޮށަށް އެއްވެ އަޑުގަދަކުރި ހިންދޫން ތަކަކަށް ފުލުހުން ވަނީ އިންޒާރު ދީފައެވެ.

މަހަރާޝްތުރާގައި 10 މިލިއަނެއްހާ މުސްލިމުން ދިރިއުޅޭ އިރު އެ ސްޓޭޓް ގައި އުޅޭ ހިންދޫންގެ އަދަދު 70 މިލިއަނަށް އަރައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް