ކ. މާލެ
|
8 މެއި 2022 | އާދީއްތަ 14:18
ލޯކަލް ކައުންސިލް އިންތިޚާބު 2020 ގެ ތެރެއިން- މިފަހަރުގެ ބައި އިލެކްޝަންގައި ވާދަކުރަނީ ޕީޕީއެމް އާއި އެމްއެންޕީގެ ދެ ކެންޑިޑޭޓުން
ލޯކަލް ކައުންސިލް އިންތިޚާބު 2020 ގެ ތެރެއިން- މިފަހަރުގެ ބައި އިލެކްޝަންގައި ވާދަކުރަނީ ޕީޕީއެމް އާއި އެމްއެންޕީގެ ދެ ކެންޑިޑޭޓުން
ރާއްޖެއެމްވީ
ވިލިމާލޭ ޑަބްލިއުޑީސީ އިންތިޚާބު
ވިލިމާލޭ ޑަބްލިއުޑީސީ އިންތިޚާބުގެ ފައިނަލް ވޯޓާސް ލިސްޓު އާންމުކޮށްފި
ބައި އިލެކްޝަންގައި ވާދަކުރަނީ ޕީޕީއެމް އާއި އެމްއެންޕީގެ ދެ ކެންޑިޑޭޓުން

މޭ 14 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުގެ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކޮށްފިއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުނެގުމަށް ހަމަޖެހިފައިވަނީ މޭ 14 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު 2022 މޭ 11 ވާ ބުދަ ދުވަހު ހެނދުނު 10:00 އިން މެންދުރު 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ކެންޑިޑޭޓުން ސޮއިކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާގަ (ޕީ.އޭ ކޮމްޕްލެކްސް) ގައެވެ.

ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ދާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ދާފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންދަންވާނެކަމަށް އީސީން ބުނެއެވެ.

ހަމައެއާއެކު، ރަޖިސްޓަރީގައި ސޮއިކުރަންދާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންދަންވާނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ބައި އިލެކްޝަންގައި ވާދަކުރަނީ ޕީޕީއެމް އާއި އެމްއެންޕީގެ ދެ ކެންޑިޑޭޓުންނެވެ. ކެންޑިޑޭޓް ނަންބަރު އެކެއް ލިބިފައިވަނީ ޕީޕީއެމް ކެންޑިޑޭޓް ފާތިމަތު ނާޒިމަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ލިބިފައިވަނީ އެމްއެންޕީގެ ކެންޑިޑޭޓް އާމިނަތު ޝީޒާއަށެވެ. އެމްޑީޕީން ފޯމު ހުށަހަޅާފައިވަނީ ސުންގަޑި ހަމަވިފަހުންނެވެ.

އެ ގޮނޑި ހުސްވެފައިވަނީ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކޮމިޓީގެ މެމްބަރު، އައިމިނަތު އީމާން ނިޔާވުމާއި ގުޅިގެންނެވެ. 


Advertisement
- ކޮމެންޓް