ކ. މާލެ
|
8 މެއި 2022 | އާދީއްތަ 05:25
ހުޅުމާލެއިން މާލެއަށް އަންނަ ހައިވޭގައި ހިނގި އެކްސިޑެންޓް
ހުޅުމާލެއިން މާލެއަށް އަންނަ ހައިވޭގައި ހިނގި އެކްސިޑެންޓް
ފޭސްބުކް
ހުޅުމާލޭގައި ދެ އެކްސިޑެންޓެއް ހިނގައިފި
ހުޅުމާލޭގައި ދެ އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެ
 
އެކަކު ވަނީ އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައި
 
ހަތަރު މީހަކަށް އަނިޔާވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓުގައި
 
ދެ އެކްސިޑެންޓުވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުން

ހުޅުމާލޭގައި ދެ އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 21:20 ހާއިރު ހުޅުމާޅެ ދެވަނަ ފިޔަވަހީގައެވެ. ތިން ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓުގައި ދިވެހި ފިރިހެނަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އިތުރު ދެ މީހުންނަށާއި ކުޑަކުއްޖަކަށް ވަނީ ކުދި އަނިޔާތަކެއް ލިބިފައެވެ.

ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 22:05 ހާއިރު ހުޅުމާލެއާއި މާލެއާ ދެމެދު ހައިވޭގައެވެ. ކާރަކާއި ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި އެކްސިޑެންޓުގައި ކާރާއި ސައިކަލަށް ވެސް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ. ދެ އުޅަދުގައި ތިބި މީހުންގެ އަތުގައި ވެސް އޮތީ އީ ކެޓަގަރީގެ ލައިސެންސް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ދެ އެކްސީޑެންޓް ވެސް ފުލުހުން ދަނީ ތަޙްގީޤް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
25%
50%
0%
25%
0%
0%
ކޮމެންޓް