ކ. މާލެ
|
7 މެއި 2022 | ހޮނިހިރު 08:50
ކޯޑު ފޯރ ކްލައިމެޓް ޕްރޮގްރާމު
ކޯޑު ފޯރ ކްލައިމެޓް ޕްރޮގްރާމު
ވިމެން އިން ޓެކް
ކޯޑު ފޯރ ކްލައިމެޓް ޕްރޮގްރާމު
ކޯޑު ފޯރ ކްލައިމެޓް ޕްރޮގްރާމު ރ. ދުވާފަރަށް
ޕްރޮގްރާމުގެ ފުރަތަމަ ބައި އަމާޒު ކޮށްފައިވަނީ ރ. ދުވާފަރުގެ، އުމުރުން 13 އަހަރާ 16 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް

މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިކުރުވައި, ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ތިމާވެއްޓައް ދެމެހެއްޓެނިވި އީޖާދުތައް އުފައްދަން މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ވިމެން އިން ޓެކް މޯލްޑިވްސްއިން "ކޯޑު ފޯރ ކްލައިމެޓް" ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބައި އަމާޒު ކޮށްފައިވަނީ ރ. ދުވާފަރުގެ އުމުރުން 13 އަހަރާ 16 އަހަރާ ދެމެދުގެ އަންހެން ކުދިންނަށެވެ. ދުވާފަރުގައި ހިންގާ މި ޕްރޮގްރާމަކީ ޖޯލި މޯލްޑިވްސްގެ އެހީއާއެކު ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.

ކޯޑު ފޯރ ކްލައިމެޓަކީ 1 މަސްދުވަހުގެ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގައި ކޮމްޕިއުޓަރ ކޯޑިން ތައާރަފުކޮށް, ޕައިތަން ލެންގުއޭޖުގެ އިތުރުން, މެޝިން ލަރނިންގގެ ދާއިރާވެސް ތައާރަފްކޮށްދެވޭނެއެވެ. މި ޕްރޮގްރާމް ނިމިގެން ދާއިރު, ދަސްކުރެވުނު ކޯޑިންގ ބައިތައް ބޭނުންކޮށްގެން, މޫސުމީ ބަދަލާ ގުޅިގެން ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދަން ވިސްނާނެ ގޮތާއި, ޓެކްނޮލޮޖީގެ ބޭނުން މިކަމުގައި ކުރާނެގޮތް އެނގިގެންދާނެ ކަމަށް, ވިމެން އިން ޓެކް އިން ބުނެއެވެ.

އޮންލައިން ސެޝަންތަކާއި ފިޒިކަލް ކްލާސްތައް ހިމެނޭގޮތަށް ހިންގޭނެ މި ޕްރޮގްރާމުގައި ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައެވެ. ސެޝަންތައް ފެށުމަށް ހަމަޖެހިފައިވަނީ 8 މެއި 2022 ވަނަ ދުވަހުއެވެ.

ވިމެން އިން ޓެކް މޯލްޑިވްސްއަކީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންނާއި އަންހެންކުދިން އިތުރުކޮށް ބާރުވެރިކޮށް, އަދި އެމީހުންގެ މަސައްކަތް ފާހަގަކުރަން މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ. މި ޖަމްއިއްޔާއިން ދަނީ އަމިއްލަ ފަރާތްތަކާއި އަދި ސަރުކާރާ ގުޅިގެން އަންހެންކުދިންނަށް މިދާއިރާގައި އެކި ފުރުސަތު ހޯދައިދެމުންނެވެ.

- ކޮމެންޓް