ކ. މާލެ
|
5 މެއި 2022 | ބުރާސްފަތި 22:47
ޑެންމާކުގެ ބިޒްނަސް ލީޑަރު ޖޯޖެން މެޑްސް ކްލައުސެން
ޑެންމާކުގެ ބިޒްނަސް ލީޑަރު ޖޯޖެން މެޑްސް ކްލައުސެން
އިންޑިއާ ޓައިމްސް
އިންޑިއާ - ޑެންމާކް ބިޒްނަސް ފޯރަމް
އިންޑިއާއަކީ އިންވެސްޓަރުންނަށް ރައްކާތެރި ގައުމެއް – ކްލައުސެން
މި ފޯރަމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރިވެރިންނަށް އޭގެ ފައިދާކުރާނެ

އިންޑިއާއަކީ އިންވެސްޓަރުންނަށް މިހާރު ރައްކާތެރި ގައުމެއް ކަމަށް ޑެންމާކުގެ ބިޒްނަސް ލީޑަރު ޖޯޖެން މެޑްސް ކްލައުސެން ވިދާޅުވެއްޖެއެވެ.

އިންޑިއާ – ޑެންމާކް ބިޒްނަސް ފޯރަމުގައި ވާހަކަ ދައްކަވަމުން ކްލައުސެން ވިދާޅުވީ، އިންޑިއާގެ އިގްތިސާދު ރިފޯމް ވެގެން އަންނައިރު އިންވެސްޓަރުންނަށް އޮތް އެންމެ ބޮޑު އިތުބާރަކީ, އެގައުމަކީ މިހާރު އިންވެސްޓަރުން އިންވެސްޓު ކުރަން ރައްކާތެރި ގައުމެއްކަމުގައި ވުންކަމަށެވެ. އަދި އޭގެ ފައިދާ ކުރަނީ އެގައުމުގައި އިންވެސްޓުކުރާ އިންވެސްޓަރުންނަށް އެކަނި ނޫން ކަމަށާއި، އޭގެ ފައިދާ އިންޑިއާގެ ރައްޔިތުންނަށް ކުރާނެކަމުގައި ކްލައުސެން ވިދާޅުވިއެވެ.

ކްލައުސެން ވިދާޅުވީ، އިންޑިއާގެ އިގުތިސާދު ރިފޯމްވުމުން ސިނާއީ ގޮތުން ބޮޑެތި މަޝްރޫއުތަކެއް ފެނިގެންދާނެ ކަމަށާއި، އޭގެ ފައިދާ މި ސަރަހައްދުގެ ހުރިހާ ގައުމަކަށްވެސް ކުރާނެ ކަމުގައެވެ.

ކްލައުސެން ވިދާޅުވީ މި ފޯރަމާއެކު ޑެންމާކާ އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށާއި، އަދި މި ފޯރަމުގެ ޒަރިީއާއިން ދެ ގައުމުގެ ދެމެދު ވިޔަފާރީގެ އެކިއެކި މަޝްރޫއުތަކަށް މަގު ކޮށައިދެވުނުކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މި ފޯރަމުގައި ކްލައުސެންގެ އިތުރުން ޑެންމާކުގެ ބޮޑެތި ވިޔަފާރި ކުންފުނިތަކާއި، އިންޑިއާގެ ބޮޑެތި ވިޔަފާރި ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް