ކ. މާލެ
|
2 މެއި 2022 | ހޯމަ 08:54
ފޮރިން ސެކްރެޓަރީގެ މަޤާމަށް އައްޔަނުކުރި ހ. ސީވީޑް އަހްމަދު ލަތީފް
ފޮރިން ސެކްރެޓަރީގެ މަޤާމަށް އައްޔަނުކުރި ހ. ސީވީޑް އަހްމަދު ލަތީފް
ފޮރިން މިނިސްޓްރީ
ފޮރިން ސެކެޓްރީއަކަށް ލަތީފް
ފޮރިން ސެކްރެޓެރީއަކަށް ލަތީފް އައްޔަނުކޮށްފި
 
ލަތީފު ކުރިން ހުންނެވީ ޖަރުމަނަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައި
 
އަބްދުލް ޢަފޫރު ހަމަޖެއްސެވީ އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް
 
ލަތީފް އެމަޤާމަށް އައްޔަން ކުރީ އެ މަޤާމުގައި ހުންނެވި އަބްދުލް ޣަފޫރު ވަކި ކުރެއްވުމަށްފަހު

ފޮރިން ސެކްރެޓަރީގެ މަޤާމަށް ހ. ސީވީޑް، އަޙްމަދު ލަތީފު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު، ލަތީފު އެ މަޤާމަށް ހަމަޖެއްސެވީ އެ މަޤާމުގައި ކުރިން ހުންނެވި މއ. އަތަމާވިލާ ޢަބްދުލް ޣަފޫރު މުޙައްމަދު އެ މަޤާމުން ވަކި ކުރެއްވުމަށްފަހުއެވެ.

ޢަބްދުލް ޣަފޫރު ފޮރިން ސެކްރެޓަރީގެ މަޤާމުން ވަކި ކުރެއްވުމަށްފަހު އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް އޭނާ ވަނީ ހަމަޖައްސަވާފައެވެ.

ފޮރިން ސެކްރެޓަރީއަކަށް އައްޔަން ކުރެއްވި އިރު ލަތީފު ހުންނެވީ ޖަރުމަނަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ. އޭނާގެ ބަދަލުގައި އެ މަޤާމަށް އައިޝަތު ޝާން ޝާކިރު އައްޔަން ކުރައްވަން ރުހުން ހޯއްދެއްވުމަށް ރައީސް ވަނީ މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވާފައެވެ.

ސަފީރު ކަމަށް އިތުރު ބޭފުޅަކު އައްޔަންކުރުމަށް ރުހުން ހޯއްދެވުމަށް ނަން ހުށަހެޅުއްވީ ލަތީފުގެ ސަފީރުކަމުގެ ދައުރު ހަމަވާތީއެވެ.

ފޮރިން ސެކްރެޓަރީއަކީ ފޮރިން މިނިސްޓްރީގައި ވަޒީރާއި ޖެހިގެން ޚާރިޖިއްޔާގެ އެންމެ އިސް މަޤާމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް