އިތުބާރު ކުރެވޭ މަޤާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ ނޯތް ސެންޓްރަލް ޕޮލިސް ރީޖަން (ކ، އއ، އދ، ވ) ގައި ހިމެނޭ ރަށެއްގައި އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖަކަށް އިތުބާރު ކުރެވޭ މަޤާމެއްގައި ހުރި މީހަކު އަނިޔާ ކުރި މައްސަލައެއް އޭޕްރިލް 26 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށާއި ކުއްޖާ މިހާރު ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ ކުޑަކުދިންނާއި ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވާތީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ޖެންޑަރ މިނިސްޓްރީއާ ގުޅިގެން ތަހުގީގު ކުރަމުންނެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
