ކ. މާލެ
|
25 އޭޕްރިލް 2022 | ހޯމަ 14:53
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާ
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާ
ޖޭއެސްސީ
ޖޭއެސްސީން ބަލާ މައްސަލަތައް
ފުވައްމުލަކު އިސް މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި
މައްސަލައެއް ތަހުގީގު ކުރުމަށް ނޯޓިސް ދީފައިވަނީ 2019 އޮކްޓޯބަރ 09 ވަނަ ދުވަހު
ހުށައެޅިފައިވަނީ އިސްމެޖިސްޓްރޭޓުގެ އަމަލުތައް ހުރި ގޮތާއި ގުޅޭ ޝަކުވާއެއް
2022 އޭޕްރީލް 17 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 27 ވަނަ ބައްދަލުވުމުގައި ނިންމީ ސާބިތުނުވާކަމަށް

ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާގެ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އޭނާގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށް ނޯޓިސް ދީފައިވަނީ 2019 އޮކްޓޯބަރ 09 ވަނަ ދުވަހުއެވެ.

އެކަމާ ގުޅޭ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ޖޭއެސްސީން ބުނީ، ސުލޫކީ މައްސަލަ ބަލާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެން ކަމަށެވެ. އެގޮތުން އެ މައްސަލަ ތަޙްޤީޤު ކުރެވި، އެއީ ސާބިތުނުވާ މައްސަލައެއް ކަމަށް މިހާރު ކޮމިޝަނުން ވަނީ ނިންމާފައެވެ. އެއީ 2022 އޭޕްރީލް 17 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 27 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުމެއްކަމަށް ޖޭއެސްސީން މައުލޫމާތު ދެއެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ޖޭއެސްސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާއާ ގުޅޭގޮތުން ހުށައެޅިފައިވަނީ ކޯޓުގެ އިދާރީ މަސައްކަތްތައް ކުރެއްވުމުގައި އިސްމެޖިސްޓްރޭޓުގެ އަމަލުތައް ހުރި ގޮތާއި ގުޅޭ ޝަކުވާއެއް ކަމަށެވެ.

- ކޮމެންޓް