ކ. މާލެ
|
24 އޭޕްރިލް 2022 | އާދީއްތަ 17:40
ޓެކޭޔާ އެޕް މެދުވެރިކޮށް އޯޑަރުކުރާ ކާތަކެތި ފޯރުކޮށްދެނީ
ޓެކޭޔާ އެޕް މެދުވެރިކޮށް އޯޑަރުކުރާ ކާތަކެތި ފޯރުކޮށްދެނީ
ރޮއިޓާސް
ޓެކޭޔާ އެޕް
ކާބޯތަކެތި އިސްރާފްކުރުން ކުޑަކުރުމަށް އުފެއްދީ މޯބައިލްފޯން އެޕެއް
 
މި އެޕް އުފައްދާފައި ވަނި 2019 ވަނަ އަހަރު

މިސްރުގެ ކެފޭ ރެސްޓޯރެންޓްތަކާއި ކާބޯތަކެތި އުފައްދާ ތަންތަނުން ކާބޯތަކެތި އުކާލުމުގެ ބަދަލުގައި، ކާބޯތަކެތި އުފައްދާ ވިއްކާ ފަރާތްތަކުގެ އަތުން އެ އުކާލެވޭ ތަކެތީގެ ތެރެއިން ތާޒާ ކާބޯތަކެތި ޑިސްކައުންޓާއެކު މިސްރުގެ ރައްޔިތުންނަށް ގަނެވޭނެ މޯބައިލް ފޯން އެޕެއް ތައާރަފްކޮށްފިއެވެ.

"ޓެކެޔާ" ނަމަކަށް ކިޔާ މި އެޕަކީ، ކާބޯތަކެތީގެ އިސްރާފު ކުޑަކޮށް ކާބޯތަކެއްޗަށް ބޭނުންވެފައިވާ ފަރާތްތަކަށް އެތަކެތި ފޯރުކޮށްދީ ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި މަދުކޮށް ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް އުފައްދާފައިވާ އެޕެކެވެ. މީގެ އިތުރުން މި އެޕް މެދުވެރިކޮށް އަރަބި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ކާބޯތަކެތި އޯޑަރުކުރުމަށްފަހު އެ ތަކެތި ޗެރިޓީތަކަށް ހަދިޔާކުރެވޭނެއެވެ. އަދި ރެސްޓޯރެންޓްތަކުން ވެސް ދުވަސް ނިމޭ އިރު އިތުރުވާ ކާނާ ހިލޭ ދެވޭނެއެވެ.

މި އެޕްލިކޭޝަން ހެދީ ދުބާއީގައި ދިރިއުޅެމުން އަންނަ ދެމަފިރިން ކަމުގައިވާ، މެންނާ ޝާހީން އަދި އޭނާގެ ފިރިމީހާ މެކްސް ހާރޓްސެންއެވެ. މި ދެމަފިރިން އެޕް އުފައްދާފައިވަނި 2019 ވަނަ އަހަރުއެވެ.

މި އެޕް މަސައްކަތް ކުރަނީ ސީދާ ކާބޯތަކެތި ދޭ މީހާގެފަރާތުން، އެ ލިބެންޖެހޭ މީހާގެ މޮޑެލްއަށެވެ. މާނައަކީ ރެސްޓޯރެންޓަކުން ކާބޯތަކެތި ހަދިޔާ ކުރާނަމަ އެ ހަދިޔާ ކުރާތަނެއް ހިޔާރުކުރުމަށްފަހު އިތުރު މީހެއްގެ އެހީއާއި ނުލާ ރެސްޓޯރެންޓުން އެތަނަކަށް ނުވަތަ އެމީހަކަށް ކާބޯތަކެތި ފޯރުކޮށްދެވޭނެއެވެ. އަދި ސުޕަރމާކެޓްތަކުން ވެސް އެމީހުންގެ އިތުރުވާ ކާބޯތަކެތި ރެސްޓޯރެންޓްތަކަށް ޑިސްކައުންޓަކާއެކު ވިއްކޭނެއެވެ.

އެޕް އުފެއްދި މީހުން އުއްމީދުކުރަނީ މި އެޕާއެކު ކާބޯތަކެތި ވީހާވެސް ބޮޑަށް އިސްރާފުކުރުން މަދުކޮށް، ދަނޑުތަކުން ލިބޭ ކާބޯތަކެތީގެ ގެއްލުން ވެސް ކުޑަކުރުމެވެ.

މިސްރުގައި 100 މިލިއަން މީހުން ދިރިއުޅެމުން އަންނަ އިރު، ގޭބިސީއަކުން ބޭރުކުރާ ކާނާގެ ބާވަތްތަކުގެ ކުނި، އަހަރެއްގެ މައްޗަށް މީހެއްގެ ބޮލަށް 91 ކިލޯ ޖެހޭނެކަމަށް ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓަލް ޕްރޮގްރާމް ފުޑް ވޭސްޓް އިންޑެކްސް 2021 ގައި ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް