ކ. މާލެ
|
24 އޭޕްރިލް 2022 | އާދީއްތަ 17:12
އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގާ ފަރާތްތަކާއެކު ސޮއި ކުރުން
އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގާ ފަރާތްތަކާއެކު ސޮއި ކުރުން
އިކޮނޮމިކް މިނިސްޓްރީ
އެޕްރެންޓިސްޝިޕް ޕްރޮގްރާމް
ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް: އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ އެމްއޯޔޫގައި ސޮއިކޮށްފި
 
ވަޒީފާގެ މާހައުލަށް ބޭނުންވާނެ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތުތައް ފަހި ވެގެންދާނެ
 
މިހާތަނަށް އެޕްރެންޓިސްޝިޕް ހިންގުމަށް ޖުމްލަ 5 ފަރާތަކާއެކު ވަނީ އެއްބަސްވެފައި

ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގާ ފަރާތްތަކާ ދެމެދު އާދީއްތަ ދުވަހު (24 އެޕްރީލް 2022) ގައި އެމްއޯޔޫގައި ސޮއިކޮށްފިއެވެ.

މި ޕްރޮގްރާމް ދަށުން އެޕްރެންޓިސްޝިޕް ހިންގުމަށް މިނިސްޓްރީއާއެކު މިއަދު އެމްއޯޔޫގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިންނެވެ. މި ގޮތުން، އެމް.އޭ.ސީ.އެލް އިން އިލެކްޓްރިކަލް، ވެލްޑިންގް، ރެފްރިޖެރޭޝަން އަދި އެއަރ ކޮންޑިޝަނިންގ އަދި މި ނޫންވެސް ދާއިރާތަކުން އެސިސްޓަންޓް ޓެކްނީޝަނުން ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެނަކަ އިން ތަމްރީނުތައް ހިންގުމަށް ހަމަޖެހިފައިވަނީ ވޯޓަރ ޕްލާންޓް އެންޑް ސްވަރޭޖް އޮޕަރޭޓަރސްގެ އިތުރުން، އިލެކްޓިރިކަލް އިންސްޓޯލޭޝަން އަދި މެއިންޓަނަންސް ދާއިރާއިންނެވެ. 

މި ދެއެމްއޯޔޫގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ނީޒާ އިމާދެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްއޭސީއެލްގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްގެ، ޖެނެރަލް މެނޭޖަރ، ގުރައިޝާ އިސްމާޢީލް އަދި ފެނަކަ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދުއެވެ.

މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ވަޒީފާގެ ބާޒާރަށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލަށް ބޭނުންވާނެ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތުތަކެއް އެފަރާތްތަކަށް ފަހިކޮށްދިނުމެވެ. އެގޮތުން، 21 އެޕްރީލް 2022 ގައި އެޗްޑީސީ، ވެމްކޯ އަދި އެމްޓީސީސީ އާއެކު ސޮއިކުރެވުނެ އެމްއޯޔޫ ހިމެނޭ ގޮތަށް، މި ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް އެޕްރެންޓިސްޝިޕް ހިންގުމަށް ޖުމްލަ 5 ފަރާތަކާއެކު ވަނީ އެމްއޯޔޫގައި ސޮއިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް