ކ. މާލެ
|
21 އޭޕްރިލް 2022 | ބުރާސްފަތި 23:38
އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުން
ނަތީޖާނެރޭ މުއައްސަސާއަކަށް އޭސީސީ ހެދުމަށް ޒަމާންވީ މަސައްކަތުގެ ސަގާފަތް ބަދަލުކުރަންޖެހޭ: އޭސީސީގެ ރައީސް
ނަތީޖާ ނެރެވޭފަދަ ތަނަކަށް އޭސީސީ ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ދިވެހި ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވޭ
ގެއްލުމުގެ ވާހަކަ ލިޔެ އާންމުކުރުމުން ނަތީޖާ ނެރެވިދާނެކަމަށް ގަބޫލުކުރެވިފައި އޮތް ފަލްސަފާ މިއަދު އެހެން މިސްރާބަކަށް ބަދަލުކުރަންޖެހޭ
އާރުލާ ތަހުގީގެއް ހިންގޭނީ، ތަހުގީގު ހިންގަން ތިބި މުވައްޒަފުން ބާރުވެރިކުރުވައި، އެ ފަރާތްތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް މަސައްކަތްކޮށްގެން

އަޒުމަކީ, އޭސީސީއަކީ ނަތީޖާނެރޭ މުއައްސަސާއަކަށް ބަދަލުކުރުން ކަމަށާއި, އެއީ ވަރަށް ގޮންޖެހުން ބޮޑު، ޒަމާންވީ މަސައްކަތުގެ ސަގާފަތެއް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތެއްކަމަށް އޭސީސީގެ ރައީސް އާދަމް ޝާމިލު ވިދާޅުވެއްޖެއެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާތާ 31 އަހަރު ފާހަގަކުރުމުގެ ގޮތުން އޭސީސީގެ ރައީސް ނެރުއްވި ބަޔާނުގައި ވަނީ, ހަމައެކަނި ވާހަކަތަކެއް ދައްކައިގެން އޭސީސީއާމެދު ރައްޔިތުން ކުރާ އުންމީދުތައް ފުރިހަމަކޮށްދީ ނަތީޖާ ނެރެވޭ މުއައްސަސާއަކަށް އޭސީސީ ނުހެދޭނެކަން ގަބޫލުފުޅުކުރައްވާކަމަށެވެ. ނަތީޖާ ނެރެވޭފަދަ ތަނަކަށް އޭސީސީ ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގައި, އޭސީސީއަށް ދިވެހި ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި ވަނީ, ކޮރަޕްޝަނުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި, އެކަމުގެ ގެއްލުމުގެ ވާހަކަލިޔެ އާންމުކުރުމުން ނަތީޖާ ނެރެވިދާނެކަމަށް ގަބޫލުކުރެވިފައި އޮތް ފަލްސަފާ މިއަދު އެހެން މިސްރާބަކަށް ބަދަލުކުރަން ޖެހޭކަމަށް ގަބޫލުކުރައްވާކަމަށެވެ. ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގައި ޒަމާނީ ގޮތްތަކާއި ރޭވުންތެރިކަން ފުޅާވެގެންދާއިރު, ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ކާމިޔާބު ހޯދަމުންދާ ގައުމުތަކުގައި ގެންގުޅޭ ސިޔާސަތުތަކާއި ވިސްނުންތަކާއި ވައްޓަފާޅިތައް ދިވެހި ވެއްޓަށް އެންމެ ފެތޭހެން ބަދަލުކޮށްގެން ބޭނުންކުރަންޖެހޭކަމަށް ޝާމިލު ވިދާޅުވިއެވެ.

ޝާމިލު ވިދާޅުވީ, އިސްތިރާޖީ ވައްޓަފާޅިއެއްގައި މަސައްކަތްކޮށް, ވަސީލަތާއި ވަގުތު ބޭނުންކުރަންޖެހޭނީ އެންމެ މުހިންމު, އެންމެ އިސްކަންދޭނެ މަސައްކަތްތައް ތަރުތީބުކުރެވިގެން އެމަގަށްކަމަށެވެ. އަދި ކޮރަޕްޝަނަށް ދައުލަތުން ގެއްލިގޮސްފައިވާ ފައިސާ އަނބުރާ އިއާދަކުރެވޭނެ ގޮތްތަކަށް އިސްކަންދީގެން ކަމަށާއި, ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށް ކޮރަޕްޝަނުގެ އަމަލުތައް ހިންގިޔަ ނުދިނުމަށް, ވަށާޖެހޭ ކޮރަޕްޝަނުގެ ވިޔަނުދިނުމުގެ ނިޒާމެއް ތައާރަފުކޮށްގެން ކަމަށް ޝާމިލު ވިދާޅުވިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ޒަމާނީ ފަހުގެ ތަހުގީގީ އާލާތްތައް ބޭނުންކޮށް ފަހުގެ ސުމޭކުކަން އިސްކޮށްގެން, އާރުލާ ތަހުގީގެއް ހިންގޭނީ މިމަގުން މަސައްކަތްކޮށް އަދި އެ ތަހުގީގު ހިންގަން ތިބި މުވައްޒަފުން ބާރުވެރިކުރުވައި އެ ފަރާތްތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް މަސައްކަތްކޮށްގެން ކަމަށް ބަޔާނުގައި ޝާމިލު ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށް އެ އަމަލުތައް ހިންގާ ގޮތް ދެނެގަނެ, އެކަންކަން ކުރިޔަނުދިނުމަށް ދުރާލާ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރަންޖެހޭކަމަށް ބަޔާނުގައިވެއެވެ.

- ކޮމެންޓް