ކ. މާލެ
|
21 އޭޕްރިލް 2022 | ބުރާސްފަތި 20:31
އަލް-އަގްސާ މިސްކިތުގެ ގޯތިތެރޭގައި އިސްރާއީލް ސިފައިން ހަރަކާތްތެރިވަނީ
އަލް-އަގްސާ މިސްކިތުގެ ގޯތިތެރޭގައި އިސްރާއީލް ސިފައިން ހަރަކާތްތެރިވަނީ
އަލްޖަޒީރާ
އިސްރާއީލުން އަގްސާ މިސްކިތުގައި ހަމަލާދިނުން
އިސްރާއީލް ސިފައިންގެ ރަބަރު އުންޑައިގެ ހަމަލާތަކެއް އަގްސާ މިސްކިތުގައި
30 މީހުންނަށް އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ބުނޭ
އިސްރާއީލް ސިފައިން ވަނީ، ކަރުނަގޭހާއި ރަބަރު އުންޑަ އަދި ސްޓަން ގްރެނޭޑް ބޭނުންކޮށްފައި
ފަލަސްތީނުގެ ޒުވާނުން ވަނީ ހިލައާއި ޕެޓްރޯލް ބޮމުން ހަމަލާދީފައި

އިސްރާއީލްގެ ސިފައިން އަނެއްކާވެސް އަލް-އަގްސާ މިސްކިތުގެ ގޯތިތެރޭގައި ހަމަލާތަކެއް ދީފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އިސްރާއީލް ސިފައިންގެ މިހަމަލާތަކުގައި ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އާންމު ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލް ސިފައިން ކަރުނަގޭހާއި ރަބަރު އުންޑަ ބޭނުންކުރުމުގެ ސަބަބުން 30 މީހުންނަށް އަނިޔާވެ, ބައެއް މީހުން ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދަންޖެހުނުކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަލަސްތީނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން, އިސްރާއީލް ސިފައިން ކަރުނަ ގޭހާއި ރަބަރު އުންޑައިން މިސްކިތުގައި ނަމާދަށް ތިބި މީހުންނަށް ހަމަލާދޭން ފަށާފައި ވަނީ ފަތިސް ނަމާދު ވަގުތުއެވެ. މިއާއެކު މިސްކިތުގައި ނަމާދަށް ތިިބި ފަލަސްތީންގެ ޒުވާނުން, ހިލައާއި ޕެޓްރޯލް ބޮމުން ރައްދު ދޭން ފެށިކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާގޮތުން އިސްރާއީލް ސިފައިން ވަނީ މިސްކިތުގައި ނަމާދުކުރަން ތިބި މީހުންނަށް އަމާޒުކޮށް ސްޓަން ގްރެނޭޑްވެސް ބޭނުންކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް