ކ. މާލެ
|
21 އޭޕްރިލް 2022 | ބުރާސްފަތި 13:23
ކިންގް ސަލްމާން މިސްކިތް- ސަލްމާން މިސްކިތުގައިވެސް ދަމު ނަމާދު ކުރާނެ
ކިންގް ސަލްމާން މިސްކިތް- ސަލްމާން މިސްކިތުގައިވެސް ދަމު ނަމާދު ކުރާނެ
ރާއްޖެއެމްވީ
ރަމަޟާން މަހު އަޅުކަން ކުރުން
ފަހު ދިހައެއްގައި މާލޭގައި ދަމު ނަމާދުކުރާނީ 28 މިސްކިތެއްގައި
28 މިސްކިތުގައި ދަމުނަމާދު ކުރުމަށް ވަނީ ހަމަޖެހިފައި
މިނިސްޓްރީން ބުރާސްފަތި ދުވަހު ވަނީ އެކަން އިއުލާނު ކޮށްފައި
ދަމު ނަމާދުކުރުމަށް މާލެއިން 17 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތެއް ހިމެނޭ

1443 ވަނަ އަހަރު ރަމަޟާންމަހު ފަހު ދިހައިގައި މާލެ ސަރަޙައްދުގައި ދަމުނަމާދު ކުރުމާއި އިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

މިނިސްޓްރީން ބުރާސްފަތި ދުވަހު އިއުލާނުކޮށްފައިވާ ލިސްޓަށް ބަލާއިރު، 28 މިސްކިތުގައި ދަމުނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 14 މިސްކިތުގައި އިޢުތިކާފަށް ތިބުން ހަމަޖެހިފައިވާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މާލޭ ސަރަހައްދުގައި ދަމު ނަމާދުކުރުމަށް މާލެއިން 17 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 8 މިސްކިތެއް ހިމަނާފައިވެއެވެ.

އިއުތިކާފަށް އިނުމަށް މާލޭގައި 8 މިސްކިތް، ވިލިމާލޭގައި 2 އަދި ހުޅުމާލޭގައި 4 މިސްކިތެއް ވަނީ ހަމަޖައްސާފައެވެ.

ދަމުނަމާދަކީ، އިޝާނަމާދަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެރަކުޢަތުން، ދެރަކުޢަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ. 

ދަމު ނަމާދަކީ ހަމައެކަނި ރަމަޟާންމަހު ނުވަތަ ރަމަޟާން މަހުގެ ފަހުދިހައިގައި ކުރާ ނަމާދެއް ނޫނެވެ. އެހެނަނަމަވެސް ރަމަޟާން މަހަކީ މަތިވެރި މައްސަރަކަށްވެފައި، ރަމަޟާން މަހުގެ އަޅުކަމުގެ ސަވާބާއި ދަރުމަ އިތުރުކަމާއެކު ރަމަޟާންމަހު ދަމުނަމާދުކުރުމަށް މުސްލިމުން ދޭ ސަމާލުކަން އިތުރުކުރެއެވެ. 

ކޮންމެ ރޯދަމަހެއްގެ ވެސް ފަހު ދިހައިގައި ރަސޫލުﷲ صلى الله عليه و سلم އިޢްތިކާފުކުރައްވާ ކަމަށް ޘާބިތުވެފައިވެއެވެ. ހަމައެހެންމެ، އެކަލޭގެފާނުގެ އެންމެ ފަހު ރޯދަމަހުގައި ވިހި ދުވަހު އިޢްތިކާފުކުރެއްވިކަމަށްވެއެވެ. 

- ކޮމެންޓް