ކ. މާލެ
|
20 އޭޕްރިލް 2022 | ބުދަ 15:19
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރާއްޖެއެމްވީ
ސަރުކާރު ބަންދު ދުވަސްތައް
ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
ފިތުރު އީދާ ދިމާކޮށް މެއި 5 ބަންދުވާނެ

މިއަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ސަރުކާރުން ކަނޑައަޅައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް އިތުރު ހަތަރު ދުވަސް ރައީސުލްޖުމްހޫރިއްޔާ އިތުރުކުރައްވާފައިވާ ކަމަށެވެ. އެއީ ފިތުރު އީދާ ދިމާކޮށް އަންނަ މެއި 5 ވަނަ ދުވަހާއި އަޟްހާ އީދާއި ގުޅިގެން އަންނަ ޖުލައި މަހުގެ 13 އަދި 14 ވަނަ ދުވަހާއި މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ޖުލައި މަހުގެ 28 ވަނަ ދުވަހެވެ.

ޖުލައި މަހުގެ 13 އާއި 14 ބަންދުކުރުމަށް ނިންމެވުމުގެ ސަބަބުންވެސް އަޟްހާ އީދު ބަންދަށް 8 ދުވަސް ލިބޭނެއެވެ. އަދި ޖުލައި މަހުގެ 28 ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން މިނިވަން ދުވަހާއި ގުޅިގެން ބަންދު ދުވަހުގެ ގޮތުގައި 5 ދުވަސް ލިބޭނެއެވެ.


Advertisement
- ކޮމެންޓް