ކ. މާލެ
|
20 އޭޕްރިލް 2022 | ބުދަ 12:14
ބިދޭސީން
ބިދޭސީން
ރާއްޖެއެމްވީ
ބިދޭސީން ރެކްރޫޓްކުރުން
ލައިސަންސް ނެތި ބިދޭސީން ރެކްރޫޓްކުރާނަމަ ޖޫރިމަނާ ކުރާ ގަވާއިދަށް އަމަލުކުރަން ފަށައިފި
 
ބިދޭސީންނަށް ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކަށް ހުއްދަ ދެވޭނީ ތިން އަހަރަށް

ލައިސަންސް ނެތި ބިދޭސީން ރެކްރޫޓްކޮށްފިނަމަ ބޮޑު ޖޫރިމަނާއެއް ކުރާ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ސަރުކާރު ގެޒެޓުގައި އާންމުކޮށްފައިވާ "ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު" ގައިވާ ގޮތުން ބިދޭސީންނަށް ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކަށް ޚިދުމަތް ދެވޭނީ މިނިސްޓްރީން ދޫކުރާ ލައިސަންސް ލިބިގެންނެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވަޒީފާގެ ބާޒާރުގައި ވަޒީފާދޭ ފަރާތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދައިދިނުމުގަ އާއި ވަޒީފާ ހޯދަން އުޅޭ މީހުންނަށް އެ މަގު ފަހިކޮށްދިނުމުގައި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކުގެ ދައުރު ވަނީ އެކަށައަޅާފައެވެ.

ގަވާއިދުގައި ވަނީ އެޖެންސީތަކަށް ދީފައިވާ ހުއްދަ ބާތިލުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވާއިރު ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ހިންގުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތުން، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމަށް އެދި ހުށަހެޅުމާއި ލައިސަންސް ބާޠިލުކޮށްދިނުމަށް ޝަރުއީ ކޯޓަކުން އެންގުމާއި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަނުވުމުގެ އިތުރުން ހުއްދަދީފައިވާ މުއްދަތު ހަމަވުން ހިމެނެއެވެ.

ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތައް ރަޖިސްޓަރީކޮށްދޭނެ ކެޓަގަރީތަކެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކެޓަގަރީ (އޭ) ރެކްރޫޓްމަންޓުގެ ޚިދުމަތާއި ވާކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތް ދޭ އެޖެންސީތަކާއި ކެޓަގަރީ (ބީ) ވާކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތް ދޭ އެޖެންސީތަކާއި ކެޓަގަރީ (ސީ) މޭންޕަވާ ސަޕްލައި ކުރުމުގެ ހިދުމަތް ދޭ އެޖެންސީތަކެވެ.  އެމްޕްލޯއިމަންޓް ސާވިސް ލައިސަންސެއް ނެތް އޭޖެންސީއަކުން އެއްވެސް ކެޓެގަރީއެއްގެ ލައިސަންސަކާ ނުލައި ހިދުމަތް ދީފި ނަމަ، ބޮޑު އަދަދަކުން ޖޫރިމަނާކުރުމާ އެކު ލައިސަންސް ހިފެހެއްޓުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓްރީއަށް ލިބިގެންވެއެވެ. އެގޮތުން 40،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު، ގަވާއިދާ ހިލާފަށް ރެކްރޫޓް ކުރި ކޮންމެ މީހަކަށް 5،000 ރުފިޔާ އިން ޖޫރިމަނާ ކުރުން ހިމެނެއެވެ.

ގަވާއިދާ ޚިލާފަށް މޭންޕަވާ ސަޕްލައިގެ ޚިދުމަތް ދީފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާކުރުމާ އެކު، ގަވާއިދާ ޚިލާފަށް ޚިދުމަތް ދޭން ބޭނުންކުރި ކޮންމެ މީހަކަށް 5،000 ރުފިޔާއިން ޖޫރިމަނާކުރުމާއި އެއް އަހަރަށް އެއްވެސް ލައިސަންސެއް އެ ފަރާތަކަށް ދޫނުކޮށް ހިފަހެއްޓުމާއި އެޖެންސީއަކަށް ދޫކޮށްފައިވާ ލައިސަންސް ކެޓަގަރީގައި ނުހިމެނޭ ޚިދުމަތެއް ދިނަސް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރާނެ ކަމަށް ގަވާއިދުގައިވެއެވެ.

އެގޮތުން ކެޓަގަރީ (އޭ) ލައިސަންސަކާ ނުލައި ރެކްރޫޓްމެންޓް ޚިދުމަތެއް ދީފި ނަމަ، އޭޖެންސީއަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމާ އެކު ވަޒީފާ ދޭ ކޮންމެ ފަރާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި ކެޓަގަރީ (އޭ) ނުވަތަ (ބީ) ލައިސަންސަކާ ނުލައި ވާކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތް ދީފި ނަމަ އޭޖެންސީއަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމާ އެކު 10،000 ރުފިޔާއިން ޖޫރިމަނާކޮށް، ރެކްރޫޓްކުރި ކޮންމެ މީހަކަށް 5،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި ކެޓަގަރީ (ސީ) ލައިސަންސަކާ ނުލައި މޭންޕަވާ ސަޕްލައިގެ ހިދުމަތް ދީފިނަމަ އޭޖެންސީއަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމާއެކު 50،000 ރުފިޔާއިން ޖޫރިމަނާކޮށް، ހިދުމަތް ދިނުމުގައި ބޭނުންކުރި ކޮންމެ މީހަކަށް 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. ހަ މަސް ދުވަހުގެ މުއްދަތަށް އެއްވެސް ލައިސަންސެއް އެ ފަރާތަކަށް ދޫނުކޮށް ހިފަހެއްޓުމަށް ވެސް ޤަވާއިދުގައި ހިމަނާފައިވެއެވެ.

މީގެއިތުރުން ގަވާއިދާ ހިލާފަށް ވާކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތް ދީފިނަމަ ވަޒީފާ ދޭ ކޮންމެ ފަރާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން ހަ މަސް ދުވަހުގެ މުއްދަތަށް އެއްވެސް ލައިސަންސެއް އެ ފަރާތަކަށް ދޫނުކޮށް ހިފަހެއްޓުން ހިމެނެއެވެ. އަދި ބިދޭސީންނަށް ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކަށް ހުއްދަ ދެވޭނީ ތިން އަހަރަށް ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަނީ
ގާނޫނާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ވަގުތުން ޑީޕޯޓު ކޮށްލެވޭ ގޮތަށް ގާނޫނުތައް ތަންފީޒުކުރަންޖެހޭ: އާޒިމް
ގަވާއިދާ ހިލާފަށް އުޅޭ 900ށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ފުރުވާލެވިފައިވޭ: ޝަމްއާން
ރަމަޟާން މަހުގެ 20ން 30ށް އިކޮނޮމިކް މިނިސްޓްރީން ޢާއްމުންނާ ވިޔަފާރިތަކަށް ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް އާންމުކޮށްފި
ބިދޭސީންގެ މައްސަލަ ފާލުން ނެއްޓުމަކީ އެތައް އަހަރެއްގެ އިހުމާލުގެ ނަތީޖާ، ހަމަމަގަށް އަޅުވަން ކުރަންޖެހޭ މަސައްކަތް ބުރަ
ކަޅުބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ގަވާއިދާ ހިލާފަށް އުޅޭ 800ށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ފުރުވާލެވިފައި: އިމިގްރޭޝަން
ކެއިން ބުއިމާއި މުދާ ވިއްކާ ތަންތަން ރޯދަ މަހާއި ހަ ރޯދަތެރޭގައި ހުޅުވާފައި ހުންނަ ގަޑިތައް އާންމުކޮށްފި