ކ. މާލެ
|
20 އޭޕްރިލް 2022 | ބުދަ 07:18
ހެލްތު މިނިސްޓްރީގެ ސީނިއަރ ސައިންޓިފިކް އޮފިސަރު ސާޖިދާ މުހައްމަދު
ހެލްތު މިނިސްޓްރީގެ ސީނިއަރ ސައިންޓިފިކް އޮފިސަރު ސާޖިދާ މުހައްމަދު
ރާއްޖެއެމްވީ
ކާނާގެ ރައްކާތެރިކަން
ކާބޯތަކެތި ރައްކާތެރިކުރުމުގެ ބިލާއެކު މިހާރަށް ވުރެ ރަނގަޅަށް ރެގިޔުލޭޓްކުރެވޭނެ: ސާޖިދާ
މިހާރު ހަމައެކަނި ކުރާކަމަކީ ބޯޑަރުގައި އިންސްޕެކްޓް ކޮށްފައި މައްސަލަ އުޅޭ ތަކެތި ފާހަގަކޮށްފައި ނައްތާލުން
މަޖިލީހުގައި ދިރާސާކުރަމުންދާ ކާބޯތަކެތީގެ ބިލާއެކު މިކަން އިތުރަށް ފުރިހަމަވެ ނިޒާމެއް ގާއިމުވެގެންދާނެ

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިހާރު ދިރާސާކުރަމުން އަންނަ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލާއެކު ކާބޯތަކެތި ރެގިޔުލޭޓް ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ޚަރުދަނާވެގެންދާނެކަމަށް ހެލްތު މިނިސްޓްރީގެ ސީނިއަރ ސައިންޓިފިކް އޮފިސަރު ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ކާނާގެ ރައްކާތެރިކަމާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ 95 އިންސައްތަ އަކީ ބޭރުން ރާއްޖެ އެތެރެކުރާ ކާބޯތަކެތި ކަމަށެވެ. ބާކީ 5 އިންސައްތަ އަކީ ރާއްޖެއިން އުފައްދާ އުފެއްދުންތައް ކަމަށެވެ. 95 އިންސައްތަ ކާބޯތަކެތި އެތެރެކުރާއިރު އެތަކެތީގެ ރައްކާތެރިކަން ބެލުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ސާޖިދާ ވިދާޅުވިއެވެ.

އެކަން ކުރުމަށް މިހާރު ކުރާ ކަމަކީ ރާއްޖެއެތެރެކުރާ ތަކެތީގެ ތެރެއިން ހައިރިސްކު ނުވަތަ އަވަހަށް ހަލާކުވާ ޒާތުގެ އަވަހަށް ޖަރާސީމު އުފެދޭ ބާވަތްތައްތަކާއި ދެން އަންނަ ތަކެތި އިންސްޕެކްޓް ކުރުންކަމަށެވެ. ނަމަވެސް މިހާރު ކަންކުރަމުންދާ ގޮތުން އެކަން ކުރެވެނީ އެންމެ ފުރިހަމައަށް ނޫންކަމަށް ސާޖިދާ ވިދާޅުވިއެވެ. މިހާރު ހަމައެކަނި ކުރާކަމަކީ ބޯޑަރުގައި އިންސްޕެކްޓް ކުރުމަށްފަހު މައްސަލަ އުޅޭ ބާވަތްތައް ފާހަގަކޮށް ނައްތާލުން ނުވަތަ ދެން އެނޫންވެސް ގޮތެއް އެތަކެއްޗާ މެދު ކަނޑައެޅުންކަމަށް ސާޖިދާ ވިދާޅުވިއެވެ.

ނަމަވެސް މިހާރު ރައްޔިތުންގެ މަޖިލީހުގައި ދިރާސާކުރަމުންދާ ކާބޯތަކެތީގެ ބިލާއެކު މިކަން އިތުރަށް ފުރިހަމަވެ ނިޒާމެއް ގާއިމުވެގެންދާނެކަމަށް ސާޖިދާ ވިދާޅުވިއެވެ.

މިހާރު ހަމައެކަނި ބޯޑަރގައި ބަލަނީ. ބަލާފައި މިދޫކޮށްލަނީ. އެހެންނަމަވެސް ބައެއް ފަހަރު ހަގީގަތުގައި ދަނޑުން ސުފާރައެށޭ ބުނާއިރު އިމްޕޯޓް ވެގެން އަންނައިރު މަގުމަތިން ޓްރާންސްޕޯޓް ކޮށްގެން އެމުދާ ގެންދަން މިޖެހެނީ ވަކި ގޮތަކަށް. ނަމަވެސް އެގޮތަކަށް ނުގެންދެވޭ ގިނަ ފަހަރު. އަދި އޭގެ އިތުރުން ގެންގޮސްފައި ގުދަނުގައި މިބަހައްޓަންޖެހެނީ ވަކި ހޫނު މިނެއްގައި ވަކި ގޮތަކަށް. އޭގެންވެސް ހަމަ ރައްކާތެރިކަން އެބަ ގެއްލޭ ނުބެލެހެއްޓިއްޖިޔާ. އެހެންމަވެސް މިހާރު އަދި މިހުރިހާ މަރުހަލާތަކެއް ނުބެލޭ. އެހެންމަބެސް މިހާރު މިބިލް ފަރުކާ ކުރެވިފައިވާ ގޮތުން މިހުރިހާ މަރުހަލާތެއް ބެލިގެންގޮސް މިނިޒިާމު އިތުރަށް ޚަރުދަނާ ވެގެންދާނެ.
ސާޖިދާ މުހައްމަދު / ސީނިއަރ ސައިންޓިފިކް އޮފިސަރު

ސާޖިދާ ވިދާޅުވީ ބައެއް ފަހަރު ރާއްޖެ އެތެރެކުރާ ކާބޯތަކެތީގައި ޖަރާސީމު އުފެދިގެން ފުޑް އެލަޓް ނެރެމުންދަނީ ޑަބްލިޔުއެޗްއޯގައި އޮންނަ ނިޒާމުގެ ތެރެއިން އެކަން ރާއްޖެއަށް އެންގުމުން ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމެއްގައި އެ ބާވަތަކަށް ފުޑް އެލަޓް ނެރުނުނަމަވެސް ބައެއް ފަހަރު ރާއްޖޭގައި އެ ބާވަތަށް ފުޑް އެލަޓް ނުނެރެނީ އެބާވަތެއްގެ އެބެޗު ރާއްޖެ ގެނެސް ޑިސްޓްރިބިޔުޓް ވެފައިނުވާތީ ކަމަށެވެ. ޑިސްޓްރިބިޔުޓް ވެފައިވާނަމަ އެކަން ޑަބްލިޔުއެޗްއޯއިން އަންގާނެކަމަށް ސާޖިދާ ވިދާޅުވިއެވެ.

- ކޮމެންޓް