ކ. މާލެ
|
18 އޭޕްރިލް 2022 | ހޯމަ 08:25
ބިދޭސީން
ބިދޭސީން
ރާއްޖެއެމްވީ
ބިދޭސީންގެ ޑިޕޮސިޓް ފައިސާ
ބިދޭސީންގެ ޑިޕޮސިޓް ފައިސާ ގެންދަން އަނެއްކާވެސް ފުރުސަތު
ފުރުސަތު ދީފައިވަނީ މިއަހަރުގެ ޖޫން 20 ވަނަ ދުވަހުގެ ނިޔަލަށް

އެކްސްޕެޓް އޮންލައިން ސިސްޓަމް ބޭނުންކުރުމުގެ ކުރިން ބިދޭސީންގެ ޑިޕޮސިޓް ފައިސާ ދެއްކި ފަރާތްތަކުން އެ ފައިސާ ނެގުމަށް ފުރުސަތު ދީފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބިދޭސީންނާއި ގުޅޭ ކަންކަން އެކްސްޕެޓް އޮންލައިން ސިސްޓަމްގެ ތެރެއިން ބަލަހައްޓަމުންދާއިރު، މި ސިސްޓަމް ބޭނުންކުރަން ފެށުމުގެ ކުރިން ބިދޭސީން ރާއްޖެ ގެނައުމަށްޓަކައި ދައްކަންޖެހޭ ޑިޕޮސިޓް ފައިސާ އެކި ފަރާތްތަކުން ދައްކާފައި ހުރީ އެކި އިދާރާތަކަށެވެ. އެގޮތަށް ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަމަލުކުރުމުގެ ކުރިން ދައްކާފައިވާ ޑިޕޮސިޓް ފައިސާ އަނބުރާ ނެގުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ 2019 ހުޅުވާލާފައެވެ.

ފައިސާ ނުގެންގޮސް ހުރި ފަރާތްތަކުން ކަމާއި ގުޅޭ މައުލޫމާތު ހިއްސާކޮށް ފައިސާ އަނބުރާ ގެންދިއުމަށް މިނިސްޓްރީން މިހާރު ފުރުސަތު ދީފައިވަނީ މިއަހަރުގެ ޖޫން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ޑިޕޮސިޓް ފައިސާ އަނބުރާ ގެންދިޔުމަށް ބޭނުންވާ ފަރާތްތަކުން ގެންދަން ބޭނުންވާ ފައިސާގެ ޖުމްލަ އަދަދު އެކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލަށް ޝަކުވާގެ ގޮތުގައި ހުށަހެޅުމުން މައުލޫމާތުގެ ސައްހަކަން ދެނެގަތުމަށްފަހު މިނިސްޓްރީން ދަނީ ފައިސާ ދޫކުރަމުންނެވެ.

ދީފައިވާ މުއްދަތުގައި ފައިސާ ނުގެންގޮސްފިނަމަ އެ ފައިސާ ދޫކުރުމުގައި ދެން ގޮތް ނިންމާނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ހިއްސާ ކުރާ މައުލޫމާތަށް ބެލުމަށްފަހުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މިހާތަނަށް 549.2 މިލިއަން ރުފިޔާގެ ޑިޕޮސިޓް ފައިސާ ވަނީ އަނބުރާ ގެންގޮސްފައެވެ.

- ކޮމެންޓް