ކ. މާލެ
|
17 އޭޕްރިލް 2022 | އާދީއްތަ 20:28
އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާގޮތުން އިސްރާއީލް ސިފައިން ވަނީ އާދިއްތަ ދުވަހުގެ ފަތިހުގެ ވަގުތު އަގްސާ މިސްކިތަށް ވަދެގެންފައި
އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާގޮތުން އިސްރާއީލް ސިފައިން ވަނީ އާދިއްތަ ދުވަހުގެ ފަތިހުގެ ވަގުތު އަގްސާ މިސްކިތަށް ވަދެގެންފައި
އަލްޖަޒީރާ
އިސްރާއީލް-ފަލަސްތީން ހަމަނުޖެހުން
އަނެއްކާވެސް އިސްރާއީލް ސިފައިން އަގްސާ މިސްކިތަށް ވަދެ، އެތަނުގައި ތިބި ފަލަސްތީން ރައްޔިތުން ނެރުމަށް މަސައްކަތްކޮށްފި
ފަލަސްތީންގެ ރައްޔިތުން ވަނީ މިސްކިތުގެ ގޯތިތެރޭގައި ގައު އަތުރައި، ބަންދުކުރުމުގެ މަސައްކަތްކޮށްފައި
އިސްރާއީލް ސިފައިން ވަނީ މިސްކިތް ހުރި ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އާންމު ރައްޔިތުން އެސަރަހައްދުން ފޮނުވާލާފައި
އާންމުން ފޮނުވުމުގައި ބާރުގެ ބޭނުން ކޮށްފައިވާކަމަށް އިޝާރާތްކޮށް، ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނީ 19 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަަމަށް

އިސްރާއިލްގެ ސިފައިން އަނެއްކާވެސް އަލް އަގްސާ މިސްކިތަށް ވަދެ އެތަނުގައި ތިބި ފަލަސްތީނުގެ އާންމުން ނެރުމަށް މަސައްކަތްކޮށްފިއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާގޮތުން އިސްރާއީލް ސިފައިން ވަނީ އާދިއްތަ ދުވަހުގެ ފަތިހުގެ ވަގުތު އަގްސާ މިސްކިތަށް ވަދެގެންފައެވެ.

އެނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި, އިސްރާއީލް ސިފައިން ބުނަނީ އާދިއްތަ ދުވަހުން އެމީހުން މިސްކިތަށް ވަދެފައި ވަނީ ޔަހޫދީންގެ ފަރާތުން މިސްކިތުގެ ހާލަތު ބެލުމަށް "ރޫޓީން ވިޒިޓް"ގެ ދަށުން ކަމަށެވެ. އަދި އެމީހުން މިސްކިތަށް ދިޔައިރު، ފަލަސްތީނުގެ ރައްޔިތުން ވަނީ މިސްކިތުގެ ގޯތިތެރޭގައި ގައު އަތުރައި, ބަންދުކުރުމުގެ މަސައްކަތްކޮށްފައި ކަމަށް އިސްރާއީލްގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވެއެވެ.

އެގޮތުން އިސްރާއީލް ސިފައިން ވަނީ މިސްކިތް ހުރި ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އާންމު ރައްޔިތުން އެސަރަހައްދުން ފޮނުވާލާފައި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި އެސަރަހައްދުން އާންމުން ފޮނުވުމުގައި ބާރުގެ ބޭނުން ކޮށްފައިވާކަމަށް އިޝާރާތްކޮށް, ފަލަސްތީންގެ ސިއްހީ އޮފިޝަލުން ވަނީ 19 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަަމަށް ބުނެފައެވެ. ތިން މީހަކަށް އަނިޔާކޮށް, ރަބަރު އުންޑައިން ބަޑި ޖަހައި ހެދުމުން އެމީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް ފަލަސްތީންގެ ރެޑް ކްރޮސްއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން އަގްސާ މިސްކިތަށް ދިޔަ ޔަހޫދީން ގޮވައިގެން ދަތުރުކުރި ދެ ބަހަކަށް ފަލަސްތީންގެ އާންމު ރައްޔިތުން ހަމަލާދީ, ދެ ބަހުގެ ބިއްލޫރި ގަނޑު ތަޅާލުމުން ބަހުގައި ތިބި ބައެއް މީހުންނަށް އަނިޔާވުމާ ގުޅިގެން ނުވަ މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުންނާ ހަވާލާދީ އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް