ކ. މާލެ
|
16 އޭޕްރިލް 2022 | ހޮނިހިރު 08:05
ވިލިމާލެ
ވިލިމާލެ
ރާއްޖެއެމްވީ
ވިލިނގިލީ ހުޅަނގު-ދެކުނު ފަރާތުގައި ހުރި އުޅަނދު
ވިލިނގިލީ ހުޅަނގު-ދެކުނު ފަރާތު އެއްގަމާއި ފަޅުތެރޭ އަޅާފައި ހުރި އުޅަނދު އެސަރަހައްދުން ނެގުމަށް އަންގައިފި
އުޅަނދުތައް ބަދަލުކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދަށް، 19 އެޕްރީލް ވަނަ ދުވަހުގެ 18:00ގެ ކުރިން ބަދަލުކުރުމަށް ވަނީ އަންގާފައި

ތިލަމާލެ ބްރިޖް މަސައްކަތަށް, ވިލިނގިލީގެ ފަޅުތެރެއާއި އެއްގަމުން ޚާއްސަކޮށްފައިވާ ސަރަހައްދު ވަކިކުރުމަށް ފެންސް ޖެހުމުގެ މަސައްކަތް މިހާރު ފެށިފައިވުމާއެކު, އެ ސަރަހައްދުގެ އެއްގަމާއި ފަޅުތެރޭގައި އަޅާފައިހުރި އުޅަނދުތައް, އެއުޅަނދުތަކުގެ ވެރިފަރާތްތަކުން ނުވަތަ އުޅަނދުތައް ބެހެލެހެއްޓުމާ ހަވާލުވެތިބި ފަރާތްތަކުން އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް އަންގައިފިއެވެ.

އެކަމާގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނީ, އެއުޅަނދުތައް ބަދަލުކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދަށް 19 އެޕްރީލް ވަނަ ދުވަހުގެ 18:00ގެ ކުރިން ބަދަލުކުރުމަށް އެދޭކަމަށެވެ. މި މުއްދަތުގެ ތެރޭގައި ތިލަމާލެ ބުރިޖުގެ މަސައްކަތްތަކަށް ދަތިވާގޮތަށް އެސަހައްދުން ނުނަގާހުރި ހުރިހާ އުޅަނދެއް ކައުންސިލުން ނަގައި, އުޅަނދުފަހަރު ބެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދަށް ބަދަލުކުރެވޭނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

އަދި އެފަދަ އުޅަނދުފަހަރު ނެގުމުގެ ތެރޭގައާއި އަދި ނެގުމަށްފަހު, އުޅަނދާއި އުޅަނދުގައިވާ ތަކެއްޗަށް ލިބޭ ގެއްލުމާއި، އުނިއިތުރަށް ކައުންސިލުން ޒިންމާނުވާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ތިލަމާލެ ބްރިޖުގެ ޖިއޯ ޓެކްނިކަލް ސަރވޭގެ މަސައްކަތްތައް ވަނީ ފަށާފައެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ - މާލެ ތިލަފުށި ލިންކް މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިޔާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރާއެވެ.

މާލެއާއި، ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅުވާ ބުރިޖުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ. މިއީ 6.7 ކިލޯމީޓަރުގެ ބްރިޖެކެވެ. މި މަޝްރޫއުގައި, ގުޅިފައިވާ 3 ބްރިޖް ހިމެނެއެވެ. އެއީ މާލެ-ވިލިމާލެ ގުޅުވާ ބްރިޖާއި، ވިލިމާލެއިން ގުޅީފަޅަށް, އަދި ގުޅީފަޅުން ތިލަފުއްޓަށް އަޅާ ބްރިޖެވެ.

- ކޮމެންޓް