ކ. މާލެ
|
14 އޭޕްރިލް 2022 | ބުރާސްފަތި 19:12
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
މުހައްމަދު ޝަރުހާން
ވިލިމާލެ ޑަބްލިޔުޑީސީ ގެ ބައި އިލެކްޝަން
ވިލިމާލެ ޑަބްލިޔުޑީސީ ގެ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން 16 އޭޕްރީލްގައި
ނަން ތަރުތީބުކުރުން ކުރިޔަށްދާނީ އެދުވަހު މެންދުރު 2 ޖަހާއިރު
ނަން ތަރުތީބުކުރުން އޮންނާނީ އިލެކްޝަންސް ކޮމިޝަންގެ ތިން ވަނަ ފަންގިފިލާގައި

މޭ 16 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 16 ވާ ހޮނިހިރު ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީ އިން ބުނީ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން އޮންނާނީ އިލެކްޝަންސް ކޮމިޝަންގެ ތިން ވަނަ ފަންގިފިލާގައި ކަމަށެވެ. ނަން ތަރުތީބުކުރުން ކުރިޔަށްދާނީ އެދުވަހު މެންދުރު 2 ޖަހާއިރުއެވެ.

އީސީން ބުނީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް އައުމަށް އެދޭކަމަށެވެ. ކެންޑިޑޭޓަށް ހާޒިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި އަންނަ މީހެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު އާދެވޭނެކަމަށެވެ. އެހެން ނަމަވެސް، ކެންޑިޑޭޓު ނުވަތަ ބަދަލުގައި މީހަކަށް ހާޒިރުނުވެވޭނަމަ ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންކަމަށް އެކޮމިޝަނުން ބުނެއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތުގައި ފޯމު ހުށަހަޅާފައިވަނީ ޕީޕީއެމްއާއި އެމްއެންޕީންނެވެ.  


Advertisement
- ކޮމެންޓް