ކ. މާލެ
|
14 އޭޕްރިލް 2022 | ބުރާސްފަތި 11:27
ނެގޯސިއޭޝަން ޓެކްނިކްސް އަދި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ޕްރޮޓޮކޯލްއާ ގުޅޭ ތަމްރީން ސެޝަން
ނެގޯސިއޭޝަން ޓެކްނިކްސް އަދި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ޕްރޮޓޮކޯލްއާ ގުޅޭ ތަމްރީން ސެޝަން
ހާރިޖީ ވުޒާރާ
ޕްރޮޓޮކޯލްއާ ގުޅޭ ތަމްރީން ސެޝަން
ނެގޯސިއޭޝަން ޓެކްނިކްސް އަދި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ޕްރޮޓޮކޯލްއާ ގުޅޭ ތަމްރީން ސެޝަނެއް ބާއްވައިފި
 
މި ސެޝަންއަކީ ފޮސިމްގެ ސްޓޭކް ހޮލްޑަރ އެވެއާނެސް ޕްރޮގްރާމްގެ ދަށުން ހިންގުނު ސެޝަނެއް

އެއްބަސްވުންތައް ޤާއިމްކުރުމުގެ ނެގޯސިއޭޝަން ޓެކްނިކްސް އަދި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ޕްރޮޓޮކޯލް އާއި ގުޅޭ ތަމްރީން ސެޝަނެއް ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އިން ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބައިވެރިވި މި ސެޝަންގައި، އެއްބަސްވުމެއް އެކުލަވާލުމުގައި ނެގޯޝިއޭޓްކުރުމުގެ ޕްރޮސެސް އޮންނަ ގޮތާއި، އަދި އެއްބަސްވުމެއްގައި ސޮއިކުރުމާއި ހަމަޔަށް އޮންނަ މަރުޙަލާތަކުގައި އަމަލުކުރާ ޕްރޮޓޮކޯލް އާއި ގުޅޭ ގޮތުން ބައިވެރިންނަށް މައުލޫމާތު އެރުވުނެވެ.

ފޮރިން މިނިސްޓްރީގައި ފޮސިމްއިން ކުރިއަށްގެންދިޔަ މި ސެޝަނަކީ ފޮސިމްގެ ސްޓޭކް ހޮލްޑަރ އެވެއާނެސް ޕްރޮގްރާމްގެ ދަށުން ހިންގުނު ސެޝަންއެކެވެ. ސްޓޭކްހޮލްޑަރ އެވެއާނެސް ޕްރޮގްރާމަކީ ފޮރިން މިނިސްޓްރީއަށް ތަޖުރިބާއާއި ކަމާއި ގުޅުން ހުރި ދާއިރާތަކުން ލިބިފައިވާ ހުނަރުތައް ދައުލަތުގެ އެހެން މިނިސްޓްރީތަކާއި އަދި އިދާރާތަކާއި ހިއްސާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ސެޝަން ނަންގަވައިދެއްވީ ޗީފް އޮފް ޕްރޮޓޮކޯލް އައިޝަތު ޝާން ޝާކިރު، އެޑިޝަނަލް ސެކްރެޓަރީ އަހުމަދު ޝިއާން އަދި ލީގަލް ކައުންސެލް މުހައްމަދު އަސީލް ހަސަންއެވެ.

ކޮމެންޓް
ގުޅުންހުރި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
އެއަރޕޯޓް މަޝްރޫޢަށާއި ސިއްހީ ދާއިރާ ތަރައްގީކުރުމަށް ސައުދީ ފަންޑުން ލޯނު ދީފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ