ކ. މާލެ
|
11 އޭޕްރިލް 2022 | ހޯމަ 15:10
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން، އެންޓި-ކޮރަޕްޝަން ކޮމިޝަންއާ ބައްދަލުކުރުން
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން، އެންޓި-ކޮރަޕްޝަން ކޮމިޝަންއާ ބައްދަލުކުރުން
ރައްޔިތުންގެ މަޖިލިސް
އޭސީސީގެ މަސައްކަތްތައް
މި ކުއާޓަރގައި 136 މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭސީސީން ބުނެފި
މައްސަލަތައް ރަޖިސްޓްރީ ކުރުމުގެ ފުރިހަމަ ބާރު ރަޖިސްޓްރާއަށް ދިނުން
މިހާރު ތަހުގީގު މަރުހަލާގައި 1137 މައްސަލަ

މި ކުއާޓަރގައި 136 މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ކޮމިޝަންގެ މެމްބަރު ތާހާ މުހައްމަދު ވިދާޅުވީ، މިހާރު ތަހުގީގު މަރުހަލާގައި 1137 މައްސަލަ އޮތްއިރު މި ކުއާޓަރގައި 136 މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އައު މެމްބަރުން މާޗް މަހުގެ 17ވަނަ ދުވަހު މަސައްކަތަށް ނުކުންނެވި ފަހުން 38 މައްސަލައެއް ކޮމިޝަނަށް ހުށައެޅި 25 މައްސަލައެއް ރަޖިސްޓަރ ކުރެވުނު ކަމަށާ، 58 މައްސަލައެއް އިވެލުއޭޓް ކޮށް ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ތާހާ ވިދާޅުވީ، މެމްބަރުން ކޮމިޝަންއާ ހަވާލުވިއިރު އިވެލުއޭޝަން މަރުހަލާގައި 549 މައްސަލައާއި، ތަހުގީގު މަރުހަލާގައި 1124 މައްސަލަ އޮތް ކަމަށެވެ.

ބެކްލޮގް ކްލިއަރކޮށް މައްސަލަތައް ރަޖިސްޓްރީ ކުރުމުގައި ބަދަލުތަކެއް ގެންނަމުންދާކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ރަޖިސްޓްރީ ކުރުމުގައި ރަޖިސްޓްރާއަށް ބާރުތަކެއް ދިނުމަށް ނިންމާފައިވާކަމަށާ އެއާއެކު މައްސަލަތައް ރަޖިސްޓްރީ ކުރުމުގެ ފުރިހަމަ ބާރު ރަޖިސްޓްރާއަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ރަޖިސްްޓްރާގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ އިސްތިއުނާފުގެ ފުރުސަތު އޮންނާނެކަމަށްވެސް ތާހާ އިތުރަށް ވިދާޅުވިއެވެ.

ކުރިން ކޮމިޝަންގައި މައްސަލައެއް ރަޖިސްޓްރީ ކުރަން ޖެހެނީ ބޯޑް މެމްބަރުންގެ ބައްދަލުވުމެއްގައި މެމްބަރުންގެ ރުހުމާއެކުކަމަށާއި، މިއީ ދިގު މަރުހަލާއެއް ކަމަށް ތާހާ ވިދާޅުވިއެވެ. ތާހާ ވިދާޅުވީ ގެނެވުނު އައު ބަދަލަށް އަންނަ ހަފްތާގައި އަމަލުކުރަން ފަށާނެ ކަމަށެވެ.


Advertisement
- ކޮމެންޓް