ހުޅޫމާލޭގައި ހުރި ގުދަނެއްގައި މުދާ އުފުލުމަށް ބޭނުންކުރާ ލިފްޓެއް ވެއްޓި ދެ މީހަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ހޮނިހިރު ދުވަހު ހަވީރު 17:00ހާއިރު ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވީ 2 ބިދޭސީއަކަށް ކަމަށެވެ. އަދި މި ދެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންގެންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
