ކ. މާލެ
|
7 އޭޕްރިލް 2022 | ބުރާސްފަތި 20:04
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް
އިކޮނޮމިކް މިނިސްޓްރީ
އިކޮނޮމިކް މިނިސްޓްރީގައި ކޯލް ސެންޓަރެއް
ކައުންސިލްތަކާއި އިކޮނޮމިކް މިނިސްޓްރީ ގުޅުވާލަދިނުމަށް ކޯލް ސެންޓަރެއް
 
މިއީ މިނިސްޓްރީން ދެމުންގެންދާ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޚިދުމަތްތަކާއި ބިދޭސީންނާ ގުޅިގެން ދެމުންގެންދާ ޚިދުމަތްތަކާއި ބެހޭ މައުލޫމާތު ހޯދުމަށް ކަނޑައަޅާފައިވާ ނަންބަރުތަކެއް
 
މިއީ ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކައުންސިލުތަކާއި މިނިސްޓްރީއާ ފަސޭހައިން ގުޅޭނެ ޚާއްޞަ ކޯލްސެންޓަރެއް

އިކޮނޮމިކް މިނިސްޓްރީއިން ދެމުން ގެންދާ ޚިދުމަތްތަކާ ގުޅިގެން، ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކައުންސިލުތަކާއި މިނިސްޓްރީއާ ފަސޭހައިން ގުޅޭނެ ޚާއްޞަ ކޯލްސެންޓަރެއް ގާއިމް ކޮށްފިއެވެ.

އެކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ބުނީ މިނިސްޓްރީން ދެމުންގެންދާ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޚިދުމަތްތަކާއި ބިދޭސީންނާ ގުޅިގެން ދެމުންގެންދާ ޚިދުމަތްތަކާއި ބެހޭ މައުލޫމާތު ހޯދުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ވަކި ނަންބަރުތަކަކަށް ގުޅުމަށް އެދޭކަމަށެވެ.

އެގޮތުން 4 ނަންބަރެއް ވަނީ އެކަމަށް ޚާއްސަކޮށްފައެވެ. އެނަންބަރުތަކަކީ:

- 3335007

- 3335770

- 3335773

- 3335776

ރަށްރަށުގަކައުންސިލްތަކުން ދެމުންގެންދާ ޚިދުމަތްތަކުގައި ސަރުކާރުގެ އިދާރާތަކުން ނަގަން ޖެހޭ ހުއްދަތައް ލަސްވުމުގެ ޝަކުވާ މިހާރުވެސް އަންނަނީ ކުރަމުންނެވެ. މިފަދަ ކޯލް ސެންޓަރެއް ގާއިމް ކުރުމާއެކު މިހެންދިމާވާ މައްސަލަ ތަކަށް ހައްލު ލިބޭނެކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް