އައްޑޫ ސިޓީ
|
3 އޭޕްރިލް 2022 | އާދީއްތަ 23:59
އައްޑޫސިޓީ
އައްޑޫސިޓީ
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓްސް ކޮމްޕެނީ
ޓެރަރިޒަމްގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރުން
ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ތުހުމަތުގައި އައްޑޫސިޓީން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި
 
ބާކީ ތިބި 6މީހުން އާދީއްތަ ދުވަހު ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީކަމަށް ފުލުހުން ހާމަކުރޭ
 
މި މައްސަލާގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން 3 މީހުންވަނީ ކުރިން ދޫކޮށްލާފައި.

މިދިޔަ މާރޗްމަހުގެ ފަހުކޮޅު އައްޑޫސިޓީގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ޓެރަރިޒަމްގެ ޢަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވިގެން އެސިޓީން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން  އައްޑޫގައި ހިންގި އެއޮޕަރޭޝަންގައި ހައްޔަރުކުރީ 9 މީހުންނެވެ. މިމީހުންގެ ތެރެއިން 3 މީހުން ކުރިން ދޫކޮށްލުމަށްފަހު އަނެއް 6 މީހުންގެ  ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރު ކުރުމުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުންވަނީ އެ 6 މީހުންގެ ބަންދަށް  7 ދުވަސް ޖަހާފައެވެ.

މިއަދަށް އެ 7 ދުވަސް ހަމަވެފައިވުމާއެކު އެ 6 މީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރުކުރީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަންޔަމް ޖައިޝަންކަރާއި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހޯމް މިނިސްޓަރު ޢިމްރާން އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަލާމަތީ ޚިދުމަތްތަކުގެ އެންމެ އިސްވެރިން ވެސް އައްޑޫގައި ތިއްބަވަނިކޮށެވެ. މިބޭފުޅުން އައްޑޫސިޓީއަށް ވަޑައިގެންނެވީ އައްޑޫގައި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫތައް ފެއްޓެވުމާއި އަދި ބައެއް މަޝްރޫއުތައް ނިންމުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި