ކ. މާލެ
|
30 މާރޗް 2022 | ބުދަ 23:47
ފެމިލީ ކޯޓުގެ އިސް ޤާޟީކަމުގެ މަޤާމަށް އައްޔަންކުރި އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު (ކ)އަށް ފަތްކޮޅު އަރުވަނީ
ފެމިލީ ކޯޓުގެ އިސް ޤާޟީކަމުގެ މަޤާމަށް އައްޔަންކުރި އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު (ކ)އަށް ފަތްކޮޅު އަރުވަނީ
ޖޭއެސްސީ
ފެމިލީ ކޯޓުގެ އިސް ޤާޟީ
ފެމިލީ ކޯޓުގެ އިސް ޤާޟީކަމުގެ މަޤާމަށް ހުޒައިފާ މުޙައްމަދު
ހުޒައިފާ މުޙައްމަދަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރސް އޮފް ކޯޕަރޭޓިވް ލޯ ޙާޞިލްކުރައްވާފައިވާ ބޭކަނބަލެއް

ފެމިލީ ކޯޓުގެ އިސް ޤާޟީކަމުގެ މަޤާމަށް އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު ޢައްޔަންކުރުމަށް ކޮމިޝަނުން ނިންމުމާ ގުޅިގެން, އޭނާއަށް މަޤާމުގެ ފަތްކޮޅު އަރުވައިފިއެވެ.

ބުދަ ދުވަހު ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، މި ބޭފުޅާއަށް ފަތްކޮޅު އެރުވީ، ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސެއިންނެވެ.

ފެމިލީ ކޯޓުގެ އިސްޤާޟީކަމަށް އައްޔަނުކުރި އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ކޯޕަރޭޓިވް ލޯ ޙާޞިލްކުރައްވާފައިވާ ބޭކަނބަލެކެވެ. އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2007 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ. 

މިއީ ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ އިސް ޤާޟީކަމުގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަންކުރެވުނު ފުރަތަމަފަހަރެވެ.

- ކޮމެންޓް