ކ. މާލެ
|
28 މާރޗް 2022 | ހޯމަ 19:09
ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން
ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން
ބީޑީނިއުސް24
ޕާކިސްތާނުގެ ބޮޑުވަޒީރު
އިމްރާން ޚާންގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ޕާލިމެންޓަށް ހުށަހަޅައިފި
 
މި ހުށަހެޅުމަށް ބަހުސްކުރުން އޮންނާނީ ބުރާސްފަތި ދުވަހު

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް އެ ގައުމުގެ ޕާލިމެންޓަށް ހޯމަ ދުވަހު ހުށަހަޅައިފިއެވެ.

މި ހުށަހެޅުމަށް ބަހުސް ކުރުން އޮންނާނީ ބުރާސްފަތި ދުވަހުއެވެ. މި ހުށަހެޅުން ޕާލިމެންޓަށް ހުށަހަޅާފައިވަނީ އިދިކޮޅުގެ ލީޑަރު ޝެހްބާޒް ޝަރިފެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ 172 މެމްބަރުންގެ ތާއީދު މި ހުށަހެޅުމަށް ލިބޭނެކަމަށެވެ. އިމްރާން ޚާނަކީ ޕާކިސްތާނުގެ ތަހްރީކެ އިންސާފު ޕާޓީގެ ލީޑަރެވެ. އެ ޕާޓީންވަނީ ވެރިކަން ކުރާ އިއްތިހާދެއް އުފައްދައި، 2018 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބު ކާމިޔާބުކޮށް, ވެރިކަމަށް އައިސްފައެވެ.

އިގުތިސާދު ހަމައަކަށް އެޅުވުމަށް ނާކާމިޔާބު ވެވަޑައިގަތުމާއި ފޮރިން ޕޮލިސީ ދެމެހެއްޓުމަށް މަސައްކަތް ނުކުރައްވާކަމުގެ ތުހުމަތުތަކެއް އިމްރާން ޚާންގެ މައްޗަށް ވަނީ ކުރެވިފައެވެ.

އެ ގައުމުގައި ކޯލިޝަން ސަރުކާރެއް އޮތްއިރު, ކޯލިޝަންގައި ހިމެނޭ ފަރާތްތައް ވަކިވެވަޑައިގެންފިނަަމަ ބޮޑުވަޒީރުކަމުގެ މަގާމު އިމްރާނަށް ގެއްލޭނެކަމަށް މިވަނީ ބެލެވިފައެވެ.

އިދިކޮޅުގައި އޮވެގެންވެސް ގައުމު ހަމަމަގަށް އެޅުވުމަށް ކުރާ މަސައްކަތް ހުއްޓާނުލައްވާނެކަމަށް އިމްރާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން އިމްރާން ޚާންގެ ސަރުކާރުން ގެންގުޅޭ ކޮރަޕްޝަނާ ދެކޮޅު ސިޔާސަތު ދަމަހައްޓައި، އިދިކޮޅުގައި އޮވެގެންވެސް ކޮރަޕްޝަނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓަވާނުލައްވައި ކުރިއަށްގެންދަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް