ކ. މާލެ
|
24 މާރޗް 2022 | ބުރާސްފަތި 07:08
މާލެ ސިޓީގެ އެކި ސަރަހައްދުތަކުން ނަގާފައިވާ ޕެލެޓްތައް
މާލެ ސިޓީގެ އެކި ސަރަހައްދުތަކުން ނަގާފައިވާ ޕެލެޓްތައް
މާލޭ ސިޓީ ކައުންސިލް
މާލެ ސިޓީގެ މަގުތަކުން ޕެލެޓްތައް ނެގުން
މާލޭގެ އެކި ސަރަހައްދުތަކުން 1360 އަށް ވުރެ ގިނަ ޕެލެޓް ނަގައިފި، ރޯދައިގެ ކުރިން މައްސަލައަށް ހައްލު ގެންނަނީ
ޕެލެޓްތައް ނަގަން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު
ޕެލެޓްތައް ނެގުމުގެ މަސައްކަތް ކުރަމުންދަނީ އެތަކެތި ނެގުމަށް ދެ ފަހަރަކު އެންގުމަށްފަހު

މާލެ ސިޓީގެ މަގުތަކުގައި ގަވާއިދާއި ޚިލާފަށް ބެހެއްޓިފައިވާ ޕެލެޓްތައް ނެގުމުގެ މަސައްކަތުގެ ތެރެއިން, މާލޭގެ އެކި ސަރަހައްދުތަކުން ދެހަފްތާ ތެރޭގައި 1360 އަށް ވުރެ ގިނަ ޕެލެޓް ނަގާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ޕެލެޓްތައް ނަގަން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެއީ ޕެލެޓްތައް ނެގުމަށް މާލެ ސިޓީ ކައުންސިލުން ދެ ފަހަރަށް ތާރީޚު ދިނުމަށްފަހުއެވެ. އެމަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުދެމުން ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ރޯދަ މަސް އައުމުގެ ކުރިން މި މައްސަލަ ހައްލު ކުރުންކަމުގައެވެ.

ގަރާޖު، ގުދަން، ވޯރކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓައިގެން ޕާކިން ޒޯންތައް ބްލޮކްވާގޮތަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން, ސިޓީ ކައުންސިލަށް ހުށަހެޅުމުން, ޕާކްކުރުން މަނާކަން އަންގައިދޭ "ޑަބަލް ލައިން" އެ ތަނުގައި ކުރަހައިދޭން ކައުންސިލުން ވަނީ ނިންމާފައެވެ. "ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ" އަށް އެދި ސިޓީ ކައުންސިލަށް ހުށަހެޅުމުން "ޑަބަލް ލައިން" ކުރަހައިދޭ ގޮތަށް ވެސް އޮތީ ހަމަޖައްސައިދީފައެވެ. 

މާލެ ސިޓީ ކައުންސިލުން ބުނެފައި ވަނީ, މުދާ އަރުވައި ބޭލުމަށް ޕާކިންގ ޒޯންތަކުގައި ޕެލެޓް ބަހައްޓާފައިވާ ސަރަހައްދުތައް ޗެކް ކުރުމަށްފަހު، އެ ސްލޮޓް ހަމަޖައްސައިދޭނީ ކުލި ދައްކަން ޖެހޭ ގޮތަށް ކަމަށެވެ. ކައުންސިލުން ހުއްދަ ނުހޯދައި ޕާކިންގ ޒޯންތަކުގައި ޕެލެޓް ބަހައްޓާނަމަ، އެ އެއްޗެހި ނަގާނެ ކަމަށް ސިޓީ ކައުންސިލުން މީގެކުރިން ބުނެފައިވެއެވެ.

މާލޭގެ މަގުތަކުގައި ޕެލެޓް ބަހައްޓާ މައްސަލަ މީގެކުރިންވެސް ބޮޑުވެގެން އެ ޕެލެޓްތައް ނަގާފައިވެއެވެ.

- ކޮމެންޓް
24 މާރޗް 2022 | ބުރާސްފަތި 08:12
ނުރަބޯ
މާލޭގެ ގޭގޭގެ ދޮރޯށި ކުރިމަތީގައި ޕެލެޓް ބަހައްޓަން ޖެހެނީ ސައިކަލް ތައް ޕާކް ކުރާގޮތުން ގޭގޭގެ ދޮރޯށިން ވަދެނިކުމެވޭވަރު ނުވާތީ އެވެ. މިކަން ހަމަ ރަގަޅަށް ކައުންސިލަށް ވެސް އެނގޭނެ އެވެ. ދެން ތިޔަބުނާ ޑަބަލްރޮނގު ދެމިޔަކަސް އެ ރޮނގު މަތީގައި ވެސް ޕާކް ކުރެއެވެ. މިހާރުވެސް ތިޔަބުނާ ޑަބަލްރޮނގު ދަމާފަ ހުންނަ ތަންތަން ހުންނަނީ ސައިކަލްތައް ޕާކް ކޮށް ފުރިފަ އެވެ. އެހެންވީމާ މަގުތައް ރީތިކުރާށޭ ކިޔާފަ ޕެލެޓް ތައް ނެގުން އެއީ އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެ ކަމެކެވެ.