ކ. މާލެ
|
21 މާރޗް 2022 | ހޯމަ 16:17
ތިއޯ ޖެންސަން- އޭނާ ޚާއްސަވެފައިވަނީ ޑައިނަސޯ ފަދަ ޖަނަވާރެއްގެ ކަށިގަނޑު ދައްކުވައިދޭ ގޮތަށް ޑިޒައިންތައް ފަރުމާ ކުރުމަށް
ތިއޯ ޖެންސަން- އޭނާ ޚާއްސަވެފައިވަނީ ޑައިނަސޯ ފަދަ ޖަނަވާރެއްގެ ކަށިގަނޑު ދައްކުވައިދޭ ގޮތަށް ޑިޒައިންތައް ފަރުމާ ކުރުމަށް
ރޮއިޓާސް
އާޓިސްޓުންގެ ހުނަރު
ތިއޯ ޖެންސަން- ތަފާތު އާޓިސްޓެއް
 
ޑިޒައިންތައް ތައްޔާރު ކުރުމުގައި ބޭނުން ކުރަމުން ގެންދަނީ ގެދޮރު އިމާރަތް ކުރުމަށް ބޭނުންކުރާ އޮނު ފަދަ ތަކެތި
 
މި ޑިޒައިންތައް ފަރުމާ ކުރުމަށް އޭނާ ބޭނުންކުރަނީ އިމާރަތް ކުރުމަށް ބޭނުންކުރާ ތަފާތު އެކި ސާމާނު
 
މިއީ ދުނިޔޭގެ ދިރުންތަކުގެ ތަސައްވުރެއް ދެއްކުމަށްޓަކައި އޭނާ ތައްޔާރުކުރި ޑިޒައިންއެއް

ނެދަރލަންޑަށް ނިސްބަތްވާ އާޓިސްޓެއްކަމަށްވާ ތިއޯ ޖެންސަން އަކީ ތަފާތު އާޓިސްޓެކެވެ. އޭނާ ޚާއްސަވެފައިވަނީ ޑައިނަސޯ ފަދަ ޖަނަވާރެއްގެ ކަށިގަނޑު ދައްކުވައިދޭ ގޮތަށް ޑިޒައިންތައް ފަރުމާ ކުރުމަށެވެ.

މި ކަށިގަނޑުތަކަކީ ވަައިގެ ހަކަތަ ބޭނުންކޮށްގެން އެއްތަނުން އަނެއްތަނަށް ދެވޭގޮތަށް ފަރުމާ ކޮށްފައިވާ ކަށިތަކެކެވެ.

އޭނާ ބުނާ ގޮތުގައި މިއީ ދުނިޔޭގެ ދިރުންތަކުގެ ތަސައްވުރެއް ދެއްކުމަށްޓަކައި އޭނާ ތައްޔާރުކުރި ޑިޒައިންއެކެވެ.

އޭނާގެ ޑިޒައިންތައް މަޝްހޫރުވެފައި އޮންނަނީ "ގޮނޑުދޮށުގެ ޖަނަވާރުންގެ" ގޮތުގައެވެ. މި ޑިޒައިންތައް ފަރުމާ ކުރުމަށް އޭނާ ބޭނުންކުރަނީ އިމާރަތް ކުރުމަށް ބޭނުންކުރާ ތަފާތު އެކި ސާމާނެވެ.

އޭނާ ބުނާ ގޮތުގައި މި ޑިޒައިންތައް ތައްޔާރު ކުރުމުގައި ބޭނުން ކުރަމުން ގެންދަނީ ގެދޮރު އިމާރަތް ކުރުމަށް ބޭނުންކުރާ އޮނު ފަދަ ތަކެއްޗެވެ. މިއީ ހައްތަހާވެސް އަގުހެޔޮ އަދި ފަސޭހައިން ލިބެން ހުންނަ ސާމާނު ކަމަށް ރޮއިޓަރސްއަށް ދިން ޚާއްސަ އިންޓަރވިއުއެއްގައި އޭނާ ބުނެއެވެ.

އޭނާ ފުރަތަމަ ޑިޒައިން އެނިމޭޓް ކޮށްފައިވަނީ މީގެ 30 އަހަރު ކުރިންނެވެ. ފިޒިކްސްގެ ދާއިރާއިން ތައުލީމު ޙާސިލުކުރި ޖެންސަން މިހާރު ވަނީ މި ރޮނގުން ނުހަނު އުހަށް ދަތުރުކޮށްފައެވެ.

އޭނާ ބުނާ ގޮތުގައި އެންމެ ފުރަތަމަ އޭނާ ހެދި ޑިޒައިން އެތައް ގޮތަކުން މޮޅު ކޮށްލެވޭނެ އުކުޅުތައް މިހާރު އޭނާއަށް އެނގެއެވެ. ވަކިން ޚާއްސަކޮށް މިހާރު އޭނާ ތައްޔާރުކުރާ މޮޑެލްތައްކަކީ ބޭރުގެ މާހައުލަށްވެސް އަަދި ޒީނަތްތެރި ކުރުމުގެ ގޮތުން ތަންތަނުގައި ބަހައްޓާލަންވެސް ނުހަނު ގުޅޭ މޮޑެލްތަކެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް