ކ. މާލެ
|
13 ސެޕްޓެންބަރ 2023 | ބުދަ 16:28
ފަލަސްޠީނުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދުމުގެ އެންމެ ކުރީގައި ކަނބަލުންގެ ހީވާގި ފައުޖެއް
ފަލަސްޠީނުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދުމުގެ އެންމެ ކުރީގައި ކަނބަލުންގެ ހީވާގި ފައުޖެއް
ރޮއިޓާރސް
ފަލަސްޠީނުގެ ކުނީގެ މައްސަލަ
ފަލަސްޠީނުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދުމުގެ އެންމެ ކުރީގައި ކަނބަލުންގެ ހީވާގި ފައުޖެއް
މި ފިހާރަ ހިންގަނީ ޑާލިއާ އެސޯސިއޭޝަން ޕަލަސްޓައިނުން
މި މަޝްރޫޢާ ހެދި އަހަރެންގެ އުދަރެސް އުޖާލާވެގެން ދިޔަ
ޖަމިއްޔާގެ މަސައްކަތަކީ، އެއް ބަޔަކު ބޭނުން ނެތިގެން އެއްލާލާ އަންނައުނު، އަލުން ވިއްކުމަށްޓަކައި ތައްޔާރު ކުރުން

ތިމާވެށި ހިމާޔަތް ކުރުމާއި، އިޤްތިޞާދު ނެގެހުއްޓުމާއި، މިހެން ގޮސް ހަރުދަނާ މުޖުތަމަޢެއް ބިނާ ކުރުމަށްޓަކައި އަންހެނުންނަކީވެސް މުހިންމު އަދި ޒިންމާދާރު ބައެއްކަން ސާބިތު ކޮށްދިނުމުގައި ފަލަސްޠީނުގެ ކަނބަލުންނަކީ ލާމަސީލު މިސާލެކެވެ. ބާވެގެން، ކުނީގެ ގޮތުގައި އުކާލާ އެކި ކަހަލަ ހެދުން ހެދުމުގެ މައްސަލައަކީ ފަލަސްޠީނަށްވެސް ބޮޑުވެފައި އޮތް މައްސަލައެކެވެ. ރާމައްލާއަކީ ފުނިފުންޏަށް، ބާ ހެދުން އުކާލަން ޖެހޭ ސިޓީއަކަށް ވާ އިރު، އެ މައްސަލައަށް އިޖާދީ، އަދި މަންފާ ލިބެނިވި ޙައްލެއް ހޯދުމަށް އަތު ކުރި އޮޅާލީ އަންހެންވެރިންގެ ގުރޫޕަކުންނެވެ. މި ގުރޫޕުގެ މަސައްކަތަކަށް ވީ ވިޔަފާރީގެ ގޮތުގައި ބާ ހެދުން ވިއްކުމެވެ. ނުވަތަ ހިލޭ ސާބަހަށް، ކޮންމެވެސް ބަޔަކަށް އެ ހެދުންތައް ހަދިޔާ ކުރުމެވެ.

"ދުއްކާން" ގެ ނަމުގައި ހިންގާ މި ފިހާރައަކީ، އަންހެނުން ބާރުވެރި ކުރުވުމުގެ އިތުރުން، މާލީ ގޮތުން ގޮތުންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވާ ކިޔަވާ ކުދިންނަށް ތަސައްލީއެއް ހޯދާ ދިނުމުގެ މަޤުޞަދުގައި ހިންގާ ފިހާރައެކެވެ.

އަތުގަހުރި އެއްޗެހީގެ ތެރެއިން ރަނގަޅު ފެންވަރެއްގަ ހުރި އެއްޗެހި، ބޭނުން ޖެހިފަ ހުރި އެހެން މީހަކަށް ހަދިޔާކޮށްލެވިދާނެ ޑާލިއާ އެސޯސިއޭޝަން މެދުވެރިކޮށް. އެ ސާމާނުތަކަށް އެއްކޮށް، ސާފުކޮށް، ދުއްކާނުގަ އަތުރަނީ އަހަރަމެން. އެތަނުން މީހުން އެއްޗެހި ގަންނާނީ. މިކަމުގެ ތެރެއިން އެހެން ބަޔަކަށްވެސް އެބަ ފައިދާ ހޯދައިދެވޭ. ބޭނުންކޮށްފަ ހުންނަ އެއްޗެހި ވިއްކައިގެން. އެއީ ކިހިނެއްތޯ ދޯ؟ ޑާލިޔާ ފައުންޑޭޝަނުން ދަނީ، މި ލިބޭ މާލީ ފައިދާގެ އެހީގަ، އަންހެނުންނަށް ޚާއްޞަކޮށްގެން އެހެން ހަރަކާތްތަކަށްވެސް އެއްބާރުލުން ދެމުން
އާޔާ ބަދަހާ؛ ޑާލިއާ އެސޯސިއޭޝަން ޕަލަސްޓައިންގެ މެންބަރެއް

މި ފިހާރަ ހިންގަނީ ޑާލިއާ އެސޯސިއޭޝަން ޕެލަސްޓައިނުންނެވެ. ޖަމިއްޔާގެ މަސައްކަތަކީ، އެއް ބަޔަކު ބޭނުން ނެތިގެން އެއްލާލާ އަންނައުނު، އަލުން ވިއްކުމަށްޓަކައި ތައްޔާރު ކުރުމެވެ.

މި މަޝްރޫޢާ ހެދި އަހަރެންގެ އުދަރެސް އުޖާލާވެގެން ދިޔަ. އާމްދަނީ ލިބޭނެ މަސްދަރެއް ފެނުނު. ﷲ އަށް ޙަމްދު ހުރި. އަހަންނާ އެކީ މަސައްކަތް ކުރާނެ އެހެން އަންހެނުންވެސް، ގިނަ ޢަދަދަކަށް ދަބަހާއި ހެދުންތައް ހަދާ ޓެންޑަރަށް ލުމުގެ ކަންކަން ކުރާ އިރު. އަހަރެން އެހީ ހޯދަނީ ވަޒީފާއެއް ނެތިފަ ތިބޭ އަންހެންވެރިންގެ ގާތުން. ސަނަދު އޮންނަ މީހުންގެ ގާތުން. އަދި ހުސް ވަޤުތު މިކަހަލަ ކަންކަން ކޮށް އުޅޭ މީހުން އެއީ. ޑިޒައިންކޮށް، ރީސައިކަލް ކުރުމުގެ ކޯސްތައްވެސް ހަދާފަ ތިބި މީހުން އެއީ. ރީސައިކަލް ކުރުމުގެ ދާއިރާއަށް ގިނަ ބަޔަކު ނުކުންނަމުން ދަނީ. ފުރުޞަތުތައްވެސް ހުޅުވެމުން ދަނީ
ރޫބާ ރަޖަބު؛ ފެޝަން ޑިޒައިނަރ އަދި އިންޖިނޭރު

އެއާއެކު އެތައް ބަޔަކަށް ވަޒީފާ ލިބި، އަތްމަތި ތަނަވަސްކޮށްލާނެ ފުރުޞަތުވެސް ފަހިވެގެން ދިޔައީއެވެ.

އަހަރެން ލައިގެން މި ހުރި ގަމީހަކީވެސް ދުއްކާނުން ގަތް އެއްޗެއް. މީ ކުރިން ސްކާފެއް ގޮތުގަ ބޭނުން ކުރި އެއްޗެއް. ރޯބެއްގަ ހުރި މާޖެހިތަންތަން ނަގައިގެން މިއާ ގުޅާލާފަ އަހަރެން މިއޮތީ. އެހާ ހިސާބުން މިއޮތީ މުޅިން އާ ހެދުމަކަށް މި ބަދަލުވެފަ. މިގޮތަށް މިކަން ކުރީމަ، ތަރިކަ ސަލާމަތް ކުރެވޭ... ނުވިތާކަށް ސްކާފްތައްވެސް ސަލާމަތް ކުރެވުނީ
ރޫބާ ރަޖަބު؛ ފެޝަން ޑިޒައިނަރ އަދި އިންޖިނޭރު

އޮންލައިން ޕްލެޓްފޯމް 'ދަވިރްހާ' އިން އިންތިޒާމު ކޮށްގެން ހިންގާ 'ދަ ބާޒާރް' ގެ މަޤްޞަދަކީ ތިމާވެއްޓަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމެވެ. އަދި އެކަން ކުރުމުގައި، ހުޅަނގު އައްސޭރީގައި އިޤްތިޞާދީ ތަކުލީފުތައް އުފުލަމުންދާ ކަނބަލުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އުސްއައްޔެއް ކަމުގައި ހެދިއެވެ.

ދަވިރްހާ އިނިޝިއޭޓިވްގެ އިސްވެރިޔާ، ޞަފާ އައްޔާދު ކިޔައިދިން ގޮތުގައި އެއީ، ބޭނުންކޮށްފައި ހުންނަ އެއްޗެހި ގަނެވިއްކުމާއި، ހިލޭ ސާބަހަށް ހަދިޔާ ކުރުމުގެ ކަންކަން ފަހި ކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމެކެވެ.

އޮފިޝަލުންގެ ވާހަކަތަކަށް ބަލާއިރު ފަލަސްޠީނުގެ ރަށްވެހިންނަކީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 5000 ޓަނުގެ ބަރު ކުނި އުފައްދާ ބައެކެވެ. އަހަރަކަށް ބަލާއިރު އެއީ ގާތްގަނޑަކަށް 1.80 މިލިއަން ޓަނުގެ ކުންޏެވެ. އޭގެ ތެރޭގައި، ބޭނުން ކޮށްފައި ހުންނަ ކަރުދާސްވެސް ހިމެނެއެވެ. ކަރުދާސް ކުނީގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުންތައް ވީހާވެސް ކުޑަ ކުރުމުގެ މަޤްޞަދުގައިވެސް ފަލަސްޠީނުގައި ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އުކާލާ ކަރުދާސް އަލުން ބޭނުން ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޢުމްރު އަލް އަރްދް ކުންފުނީގެ ވެރިއަކަށް ހުރީ، ސަމީރާ އަލް-ޣާޒީއެވެ.

ރާމައްލާއާއި އަލް-ބިއްރީ ގަވަރުނަރޭޓާއި ހުޅަނގު އައްސޭރީގައި އޮތް މައްސަލަ އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ބަދަލުގަ، އަހަރަމެން މި މަސައްކަތް ކުރަނީ ކުނީގެ ގޮތުގައި އުކާލާ ކަރުދާސްތައް، ރީސައިކަލް ކުރާ ކާރުޚާނާތަކަށް ފޮނުވޭތޯ. އެއީ ފުޅާ ދާއިރާއެއްގަ މި މައްސަލައަށް ހައްލު ހޯދުމުގެ މަޤްޞަދުގަ
ސަމީރާ އަލް-ޣާޒީ؛ އުމްރު އަލް-އަރްދްގެ ވެރިޔާ

ކުންފުނީގެ ނަމުންވެސް ދޭހަކޮށްދެނީ، އެއީ ދުނިޔެ އާރާސްތުކޮށް، އަލުން ބިނާ ކުރުމުގެ ވަރުގަދަ ޢަޒުމުގައި ތިބި ބައެއް ކަމެވެ. ބޭނުންކޮށްފައި ހުންނަ ކަރުދާސް، އަލުން ބޭނުން ކުރެވޭނެ ގޮތް ހެދުމަށްޓަކައި ހުޅަނގު އައްސޭރިން ފަލަސްޠީނުގެ އެހެން ސިޓީތަކަށާއި، ތުރުކީވިލާތް އަދި ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެންމެ ކުރީގައި އޮތީވެސް ހަމަ އެ ކުންފުންޏެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް