ކ. މާލެ
|
7 ޖެނުއަރީ 2024 | އާދީއްތަ 12:29
ޝަރީއަތް ލަސްވާ ސަބަބު ހޯދަން، ޔާމީނުގެ ޓީމުން ހައިކޯޓަށް ދިއުން
ޝަރީއަތް ލަސްވާ ސަބަބު ހޯދަން، ޔާމީނުގެ ޓީމުން ހައިކޯޓަށް ދިއުން
ރާއްޖެއެމްވީ
ޔާމީނުގެ ޙުކުމް
ސަރުކާރާއި މުއިއްޒުގެ އެއްވެސް އިޚުލާސްތެރިކަމެއް އޮތްނަމަ، ޔާމީނުގެ ޙައްޤުގައި ކުޑަމިނުން ވަކާލާތު ކޮށްލައްވާނެ: ޔާމީނުގެ ދަރިކަލުން
މައްސަލައިގެ އަޑުއެހުން ނުބާއްވައި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެންމެ ކުޑަމިނުން އެކަންކަމަށް ވަކާލަތު ކޮށްލެވޭނެ
ޔާމީނުގެ ޓީމުގެ އެދުމަކީ ވީހާވެސް އަވަހަށް ޔާމީނަށް އިންސާފު ލިބުން
މިދިޔަ ދުވަސްތަކުގައި އާރާއި ބާރާ ހަމައަށް އާދެވެންދެން އެބޭފުޅުން ވަކާލާތު ކުރެއްވީ ޔާމީނު މިނިވަން ކުރެއްވުމަށް

އަދުގެ ސަރުކާރާއި ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ކިބައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު އެއްވެސް އިހުސާންތެރިކަމެއް ހުރިނަމަ، އެމަނިކުފާނުގެ ޙައްޤުގައި ކުޑަމިނުން ވަކާލާތު ކޮށްލައްވާނެކަމަށް ޔާމީނުގެ ދަރިކަލުން ވިދާޅުވެއްޖެއެވެ.

ޔާމީނުގެ ދަރިކަލުން ޒެއިން ޔާމީން މީޑިއާތަކާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ސަރުކާރާއި، ރައީސް ޑރ މުޙައްމަދު މުއިއްޒުގެ އެއްވެސް އިހުލާސްތެރިކަމެއް، އަދި ޔާމީނާމެދު އެއްވެސް އިހުސާންތެރިކަމެއް އޮތްނަމަ، އެމަނިކުފާނުގެ ޙައްޤުގައި ކުޑަމިނުން ވަކާލާތު ކޮށްލައްވާނެ ކަމަށެވެ.

Advertisement

މިއީ ޙުކުމާ ހަމައަށް ގޮސްފައިވާ މައްސަލައެއް ކަމަށާއި، މި މައްސަލައިގެ އަޑުއެހުން ނުބާއްވައި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެންމެ ކުޑަމިނުން އެކަންކަމަށް ވަކާލަތު ކޮށްލެވޭނެ ބޭފުޅުން ސަރުކާރުގެ މަތީފަޑީގައި ވެސް ތިއްބެވިކަމަށް ޒެއިން ވިދާޅުވިއެވެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް، އިހުސާންތެރިކަމެއް ރައީސް މުއިއްޒުގެ ކިބައިން، ޚުދު ޕާޓީގެ ދެން އިސްވެރިންގެ ގޮތުގައި އެ ތިއްބަވާ ބޭފުޅުންގެ ކިބައިން، ސަރުކާރުގެ މަތީފަޑީގައި ތިއްބެވި ބޭފުޅުންގެ ކިބައިން ޔާމީނާ ދޭތެރޭގައި، އަޅުގަނޑުމެންނާ ދޭތެރޭގައި އޮތްނަމަ، އެކަމަށް ވަކާލާތު ކުރައްވާ އެކަމަށް ގޮވާލެއްވޭނެ، އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،
ޒެއިން ޔާމީން

މިދިޔަ ދުވަސްތަކުގައި އާރާއި ބާރާ ހަމައަށް އާދެވެންދެން އެބޭފުޅުން ވަކާލާތު ކުރެއްވީ ޔާމީނު މިނިވަން ކުރެއްވުމަށް ކަމަށް ވެސް ޒެއިން ފާހަގަކުރެއްވިއެވެ.

ޔާމީނުގެ ޓީމުގެ އެދުމަކީ ވީހާވެސް އަވަހަށް ޔާމީނަށް އިންސާފު ލިބުންކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް