ކ. މާލެ
|
7 ސެޕްޓެންބަރ 2024 | ހޮނިހިރު 07:49
ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިން ބަޑިޖަހާ ޝަހީދު ކޮށްލި އުމުރުން 16 އަހަރުގެ ލުޖައިން މުސްލިހް (މި ފޮޓޯގައި އޭނާގެ މަންމަ އޭނާގެ ގައިގައި ބައްދައިގެން)
ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިން ބަޑިޖަހާ ޝަހީދު ކޮށްލި އުމުރުން 16 އަހަރުގެ ލުޖައިން މުސްލިހް (މި ފޮޓޯގައި އޭނާގެ މަންމަ އޭނާގެ ގައިގައި ބައްދައިގެން)
ޕްރެސް ޓީވީ
ޣައްޒާ ހަނގުރާމަ
ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން ބޮން އަޅާ 8 މީހުން ޝަހީދުކޮށްލައިފި
ހުކުރު ދުވަހު ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 33 ފަލަސްތީނުގެ މީހުން ޝަހީދުވި
ޚަބަރުގެ އޯޑިއޯ

ޣައްޒާގެ އުތުރުގެ ސަރަހައްދެއްގައި ހުންނަ ހަލީމާ އަލް-ސައުދިއްޔާ ސްކޫލަށް ހުކުރު ދުވަހު އިޒްރޭލުން ބޮން އަޅައިފިއެވެ.

ހަމަލާ ދިން ކަމަށް ބުނެ އިޒްރޭލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އުތުރު ޣައްޒާގައި ހުރި ހަލީމާ އަލް-ސައުދިއްޔާ ސްކޫލަށް ހަމަލާދިންކަމަށެވެ. ހަމަލާ ދިން އިރު މި އިމާރާތަކީ ފަލަސްތީނު މީހުންގެ ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރާ އިމާރާތެކެވެ. މި ހަމަލާގައި ހިޔާވަހިކަމުގައި ތިބި 8 ފަލަސްތީނު މީހުން ޝަހީދުވި ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.

ޣައްޒާގައި ހުންނަ 564 ސްކޫލްގެ ތެރެއިން 477 ސްކޫލަށް މިހާތަނަށް ޔަހޫދީ ސިފައިން ވަނީ ހަމަލާދީފައެވެ. އެހެން ކަމުން ޣައްޒާގެ 85 އިންސައްތަ ސްކޫލް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. އެއާ އެކު ޣައްޒާގައި ހުންނަ 12 ޔުނިވަރސިޓީ އަށް ޔަހޫދީ ސިފައިން ހަމަލާދީފައިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން 88 ޔުނިވަރސިޓީ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދެވޭނެ މަގު ވަނީ ބަންދުވެފައެވެ.

 ހުކުރު ދުވަހު ޣައްޒާގައި މެދުތެރޭގައި ހުންނަ ނުސައިރާތު ރެފިއުޖީ ކޭމްޕަށް ވެސް އިޒްރޭލް ސިފައިން ވަނީ ހަމަލާ ދީފައެވެ. މިހަމަލާގައި 5 މީހުން ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާ އިން ބުނެއެވެ.

މެޑިކަލް އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ އިން ބުނާ ގޮތުގައި ހުކުރު ދުވަހު ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 33 ފަލަސްތީނުގެ މީހުން ޝަހީދުވިއެވެ.

ވަފާ ނިއުސް އޭޖެންސީގެ ރިޕޯޓް ކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފްތާގައި އިސްރާއީލުގެ ބާރުތަކުން ހިފާފައިވާ ހުޅަނގު އައްސޭރިއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 12 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރ 7ން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު މަދުވެގެން 40،878ށް ވަނީ އަރާފައެވެ. ހަމަލާތަކުގައި ގާތްގަނޑަކަށް 94،454 މީހުން ޒަޚަމްވެފައިވެއެވެ.

- ކޮމެންޓް