Advertisement
ކ. މާލެ
|
18 މާރޗް 2022 | ހުކުރު 22:01
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
އަލީ ނަސީމްގެ ކެމްޕެއިން ޖަލްސާ
މިހާތަނަށް އަޅުގަނޑުމެން ޖަހާފައިވާ ހިސާބުތައް ކާމިޔާބު: އަލީ ނިޔާޒް
މި އިންތިޚާބަށް ތައްޔާރުވެފައިވަނީ ޤައުމީ އިންތިޚާބަކަށް ތައްޔާރުވާ ފަދައިން

މިހާތަނަށް އެމްޑީޕީން ޖަހާފައިވާ ހިސާބުތައް ކާމިޔާބުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރެންދޫ ކައުންސިލްގެ ރައީސްގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނަސީމްގެ ކެމްޕެއިން ޖަލްސާގައި ހުކުރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ މިފަހަރު ޕާޓީގެ ފަރާތުން މި އިންތިޚާބަށް ތައްޔާރުވެފައިވަނީ ޤައުމީ އިންތިޚާބަކަށް ތައްޔާރުވާ ފަދައިން ކަމަށެވެ. އަދި ޕާޓީގެ ފަރާތުން ކުރަންޖެހޭ ހުރިހާކަމެއް ކޮށްދީފައިވާ ކަމަށާއި އިރާދަކުރެއްވިއްޔާ ނަސީމް މި އިންތިޚާބު ކާމިޔާބު ކުރައްވާނެކަން ކަށަވަރުވާ ކަމަށް ވިދާޅުވިއެވެ.

ލާމަރުކަޒީ ކޮމިޓީ ހިންގުމާއި ހަވާލުވެ ހުންނެވި ބޭފުޅެއްގެ ހަސިއްޔަތުން ނިޔާޒް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް 11 އަހަރު ވެފައިވާއިރު ލިބުނު ކާމިޔާބީތަކާމެދު ސުވާލު އުފައްދަން ޖެހޭ ކަމަށެވެ. މި ނިޒާމުގައި ބޮޑެތި މައްސަލަތައް ހުރި ކަމަށާއި ބޭނުންވާ މިވަންވަރަށް ކަންކަން ނުހިނގާ ކަމަށް ވިދާޅުވިއެވެ.

ނިޔާޒް އިތުރަށް ވިދާޅުވީ ކައުންސިލްތައް މާލީ ގޮތުން މިނިވަން ވެފައި ނެތުމާއި އިދާރީ މިނިވަންކަން ލިބިފައި ނެތުމުގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ. ނަމަވެސް ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު މި މައްސަލަތައް ހައްލުވެގެން ހިނގައްޖެ ކަމަށް ވިދާޅުވިއެވެ.

Advertisement

އެ ޤާނޫނުގެ ދަށުން ރަށްތައް ތަރައްޤީ ކުރުމަށް މުހިންމު ކަމެއް ދީފައިވާނެކަން ފާހަގަކުރައްވާ ނިޔާޒު ވިދާޅުވީ ރައްޔިތުންނާއި މަޝްވަރާކޮށްގެން ރަށަށް ތަރައްޤީ ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ނިޔާޒް ވިދާޅުވީ ކައުންސިލްތަކުން ލޭންޑް ޔޫސް ޕްލޭން ހުށަހެޅުމުގައި ދަތިތަކާއި ކުރިމަތިވާ ކަމަށާއި ލުއި ގޮތަކަށް ތަރައްޤީގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް، ޤާނޫނަށް ބަދަލު ގެންނަން ޖެހޭނެތޯ މިއީ މިހާރު އުފެދިފައިވާ ސުވާލެއް ކަމަށެވެ. އަދި އެ ސުވާލަށް ޖަވާބު ދޭނީ ފުންކޮށް ވިސްނާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ނިޒާމު އިތުރަށް ފައްކާ ކުރުމަށްޓަކައި ރައްޔިތުންނާއެކު ދެމިތިބޭނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރެންދޫ ކައުންސިލްގެ ރައީސްގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނަސީމް ވިދާޅުވީ ރައްޔިތުންނަށް ބޭނުން ޖެހިފައިވާ ކަންތައްތައް ކޮށްދެއްވާނެ ކަމަށެވެ. އަދި އެމްޑީޕީއާ ގުޅިގެން ރަށުގެ އަދި ދާއިރާގެ ތަރައްޤީއަށް ކުރަން ހުރި ހުރިހާކަމެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރެންދޫ ކައުންސިލްގެ ރައީސްގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނަސީމް ވާހަކަ ދައްކަވަނީ
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް