ކ. މާލެ
|
16 މާރޗް 2022 | ބުދަ 23:38
ޕްރިޒަން އޮފިސަރުންނަން ހިންގި ޕްރޮގްރާމުގެ ތެރެއިން
ޕްރިޒަން އޮފިސަރުންނަން ހިންގި ޕްރޮގްރާމުގެ ތެރެއިން
ކަރެކްޝަންސް
ޕްރިޒަން އޮފިސަރުންނަށް ހިންގި ޕްރޮގްރާމް
މާފުށީ ޖަލުގެ ޕްރިޒަން އޮފިސަރުންނަށް “ދި ނެލްސަން މަންޑޭލާ ރޫލްސް” ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފި
ރިފްރެޝަރ ޕްރޮގްރާމްގެ 03 ވަނަ ޕްރްގްރާމް މިއަހަރުގެ އޭޕްރީލް މަހުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި

މާފުށީ ޖަލުގެ ޕްރިޒަން އޮފިސަރުންނަށް “ދި ނެލްސަން މަންޑޭލާ ރޫލްސް” ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޕްރޮގްރާމް ހިންގާފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޔޫއެންއޯޑީސީއާ ގުޅިގެންނެވެ. ރިފްރެޝަރ ޕްރޮގްރާމްގެ މި ބެޗްގައި މާފުށީ ޖަލުގެ 20 ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވެއެވެ. މިއީ މިގޮތުން ހިންގުނު ދެވަނަ ޕްރޮގްރާމެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ “ދި ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް އޮން މިނިމަމް ރޫލްސް ފޯރ ޓްރީޓްމަންޓް އޮފް ޕްރިޒަނަރސް" ނުވަތަ ޖަލުތަކުގައި ގައިދީންނާ މެދު ކަންތައް ކުރުމުގައި ގެންގުޅެވޭނެ އެންމެ ދަށް މިންގަނޑު ކިޔާދީ، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައި މަސައްކަތްކުރާ ހުރިހާ ޖަލު އޮފިސަރުން އެކަމަށް އަޙުލުވެރިކުރުވައި، ޖަލު އޮފިސަރުންގެ މަސައްކަތްތައް ތަރައްޤީކޮށް ސްޓްރީމްލައިން ކުރުވުމެވެ. މިގަވާއިދަށް "ދި ނެލްސަން މަންޑޭލާ ރޫލްސް”ވެސް ކިޔައެވެ.

މިގޮތުން ހުރިހާ ޕްރިޒަން އޮފިސަރުންނަކީ "ދި ނެލްސަން މަންޑޭލާ ރޫލްސް" އަށް އަހުލުވެރި ކުރެވިފައިވާ އޮފިސަރުންނަށް ހެދުމުގެ ގޮތުން 2020 ވަނަ އަހަރު ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު ހިންގި “ދި ނެލްސަން މަންޑޭލާ ރޫލްސް” ގެ “ޓްރޭނިންގ އޮފް ޓްރޭނަރސް” ޕްރޮގްރާމްއިން ތަމްރީންކުރެވިފައިވާ 14 އޮފިސަރުން ޓްރޭނަރސްގެ ގޮތުގައި ތަމްރީން ކުރެވިފަ ވެއެވެ. އަދި މާފުށީ ޖަލުގެ އޮފިސަރުންނަށް ރިފްރެޝަރ ޓްރޭނިންގ ކުރިއަށް ގެންގޮސްފައިވަނީ ޓީއޯޓީ ފުރިހަމަކޮށްފައި ތިބި އޮފިސަރުންގެ ތެރެއިން ޕްރިޒަން ސާރްޖެންޓް ފާތިމަތު ޒޫނާ އާއި ޕްރިޒަން ސާރޖެންޓް އާދަމް ޒާހިދުއެވެ.

މި ރިފްރެޝަރ ޕްރޮގްރާމްގެ 03 ވަނަ ޕްރްގްރާމް މިއަހަރުގެ އޭޕްރީލް މަހުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް