ކ. މާލެ
|
16 މާރޗް 2022 | ބުދަ 22:36
އަތުލައިގަނެފައިވާ މަސްތުވާތަކެތި
އަތުލައިގަނެފައިވާ މަސްތުވާތަކެތި
ކަސްޓަމްސް
މަސްތުވާތަކެތި އަތުލައިގަތުން
ލަންކާއިން ރާއްޖެއައި މީހެއްގެ އަތުން 12.7 ގުރާމްގެ މަސްތުވާތަކެތި އަތުލައިގެންފި
މަސްތުވާތަކެތި އަތުލައިގަނެފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއްގެ އަތުން
މީގެ ތެރޭގައި ހިމެނެނީ ކެނަބިސް އޮށާއި ކެނަބިސް ހަރބް
އެމީހާ ވަނީ ފުލުހުންނާއި ހަވާލުކޮށްފައި

ވައިގެ މަގުން ސްރީލަންކާ އިން ރާއްޖެއައި އިނގިރޭސިވިލާތުގެ ރައްޔިތެއްގެ އަތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނީ މާޗު މަހުގެ 6 ވަނަ ދުވަހު ރާއްޖެ އައި އިނގިރޭސިވިލާތުގެ ރައްޔިތަކާއި މެދު ޝައްކުކުރެވިގެން މި ފަސިންޖަރުގެ ލަގެޖް އިތުރަށް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި ފަސިންޖަރުގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ ފުރަތަމަ މަރުޙަލާގައި މި ތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިސްއަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށެވެ. އެގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ކެނަބިސް އޮށާއި ކެނެބިސް ހަރބްއެވެ.

މިތަކެތީގެ ޖުމްލަ ބަރުދަނުގައި 12.7 ގުރާމް ހުއްޓެވެ.

މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

- ކޮމެންޓް