ކ. މާލެ
|
15 މާރޗް 2022 | އަންގާރަ 06:51
ކޮވިޑަށް ޓެސްޓުކުރުން
ކޮވިޑަށް ޓެސްޓުކުރުން
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ކޮވިޑް-19ގެ އިތުރު 291 ކޭސް ފެނިއްޖެ
ފާއިތުވި 24 ގަޑިއިރު ތެރޭގައި 2،103 ސާމްޕަލެއް ޓެސްޓުކޮށްފައިވޭ
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 44 މީހުން

އިތުރު 291 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި 2،103 ސާމްޕަލެއް ޓެސްޓުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 341 ސާމްޕަލް ޓެސްޓުކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ.

މި ސާމްޕަލްތަކުގެ ތެރެއިން 291 މީހަކު މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 44 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 229 މީހުން އަދި ރިސޯޓުތަކުން ޕޮޒިޓިވްވި 11 މީހުންނެވެ. އަދި 7 މީހަކު ޕޮޒިޓިވްވީ ކޮން ތަނަކުން ކަމެއް ދެނެގަނެވިފައެއް ނުވެއެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 174،658 އަށް އަރާފައެވެ.

މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ގުނަމުންދާ 10،661 ކޭހެއް ވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި 4 މީހަކަށް އެޑްމިޓުކޮށްގެން ފަރުވާދެމުންދާއިރު މިހާތަނަށް ބަލިން ފަސޭހަވެފައިވަނީ 163،687 މީހުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

މި ބަލީގައި މިހާތަނަށް 297 މީހަކު ވަނީ ނިޔާވެފައެވެ.

- ކޮމެންޓް