Advertisement
ކ. މާލެ
|
14 މާރޗް 2022 | ހޯމަ 11:44
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
އޭސީސީއަށް މެމްބަރުން އައްޔަން ކުރުން
މުއައްސަސާތަކަށް ކުރިމަތިލާ ހުރިހާ ބޭފުޅުންގެ ނަންތައް މަޖިލީހަށް އައުމަކީ މުހިންމު ކަމެއް – މެމްބަރު އަފީފު 
ރައީސް ފޮނުއްވާފައިވާ ހުރިހާ ބޭފުޅުންވެސް ޝަރުތު ހަމަވޭ
އިންޓަރވިއުތައް ލައިވް ކުރުމަކީ، ފަހުން އިންޓަރވިއުއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ބޭއިންސާފެއް

މިނިވަން މުއައްސަސާތަކަށް ކުރިމަތިލަ ހުރިހާ ބޭފުޅުންގެ ނަންތައް މަޖިލީހަށް އައުމަކީ މުހިންމު ކަމެއް ކަމަށް ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.

އަފީފު މިހެން ވިދާޅުވީ، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މެންބަރުން އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތައް ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުންނެވެ.

އަފީފު ވިދާޅުވީ، ކުރިމަތިލައްވާ ހުރިހާ ބޭފުޅުންގެ ނަންތައް މަޖިލީހާއި ހަމައަށް އައިސް އެ ހުރިހާ ނަންތައް ދިރަސާ ކުރެވި އިންޓަރވިއު މަރުހަލާ ކުރިއަށް ގެންދެވުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ނަންތަކެއް ފާހަގަކުރެވިދާނެކަމަށާއި، އެހެންނަމަވެސް ހުރިހާ ނަންތައް ދިރާސާ ކުރުމަކީ އެންމެ އިންސާފުވެރި ގޮތް ކަމުގައި އޭނާ ވިދާޅުވިއެވެ.

Advertisement

އޭސީސީގެ މެމްބަރުން ވީހާވެސް އަވަހަށް އައްޔަން ކުރެވޭނެ ގޮތް ހެދުން އެއީ މުހިންމުކަމެއް ކަމުގައިވެސް އަފީފު ވިދާޅުވިއެވެ.

ކޮމިޓީން ދިރާސާ ކުރިން 5 ނަން ދިރާކޮށް ނިންމި އިރު، މަޖިލީހަށް ރައީސް ފޮނުއްވާފައިވާ ހުރިހާ ބޭފުޅުންވެސް ޝަރުތު ހަމަވާކަމަށް ނިންމައި ތަޅުމަށް ފޮނުވުމަށް ކޮމިޓީން ފާސްކޮށްފައިވާ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒއިނާ އާދަމް ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ، ކޮމިޓީ އިންޓަރވިއުތައް ލައިވް ކުރުމަކީ، ފަހުން އިންޓަރވިއުއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ބޭއިންސާފެއް ކަމަށެވެ. ސަބަބެއް ކަމުގައި ވިދާޅުވީ، ކޮމިޓީގައި ކުރާ ސުވާލާއި ޖަވާބު ފަހުން އިންޓަރވިއު ކުރާ ބޭފުޅުންނަށް އެނގުން ކަމުގައެވެ. މިކަމަށް ހައްލެއް ގެނައުމަށް މީގެ ދެ އަހަރު ކުރިންވެސް އާންމު ކޮމިޓީއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެހެންކަމުން އިންޓަރވިއުގެ މަރުހަލާދަނީ އިންސާފުން ނޫން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ފަރާތްތަކުގެ ނަންފުޅުތަކަކީ

  1. އަލްއުސްތާޛު އާދަމް ޝާމިލް ތ. ވިލިފުށި/ރަތްވިލާގެ
  2. އަލްއުސްތާޛު ޢަބްދުއްސަލާމް ށ. ނަރުދޫ/ހަވާ
  3. އަލްއުސްތާޛު ޠާހާ މުޙައްމަދު އދ. މާމިގިލި/ކަޅިހާރުގެ
  4. އަލްފާޟިލާ ޝަޒްނާ ހާޝިމް ހދ. ނޮޅިވަރަންފަރު/ރިހިވިލު
  5. އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު ރ. ހުޅުދުއްފާރު/ނާރެސް

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ފަރާތްތަކާ ކޮމިޓީން އިންޓަވިއު ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެމަތިން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރުމާމެދު ނުވަތަ ރުހުންދިނުމަށް ފެންނަކަމާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި ވޯޓު ނެގުމުން، ކޮމިޓީގެ ތިންބައިކުޅަ ދެބައި ވޯޓު ހަމަވާ އަދަދަށް، އިންޓަވިއުކުރެވުނު 5 ފަރާތަށްވެސް ވޯޓް ލިބިވަޑައިގެންފައިވާތީ، މި 5 ބޭފުޅުންގެ ނަންފުޅު މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީން ފާސްވެފައިވާ ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް