ކ. މާލެ
|
14 މާރޗް 2022 | ހޯމަ 07:29
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރާއްޖެއެމްވީ
ރައީސް އޮފީސް
ރައީސް އޮފީހުގެ ޓުވިޓަރ އެކައުންޓުން އޮޅިގެން ކުރެވުނު ޓުވީޓްގެ މައްސަލައިގެ އިންކުއަރީއެއް
ރައީސް އޮފީހުން ބުނީ އެއީ އޮޅިގެން ކުރެވުނު ޓުވީޓެއް ކަމަށް

ރައީސް އޮފީހުގެ ޓުވިޓަރ އެކައުންޓުން އޮޅިގެން ކުރެވުނު ޓުވީޓްގެ މައްސަލައިގެ އިންކުއަރީއެއް ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ރަސްމީ ޓުވިޓަރ އެކައުންޓުން ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ކުރިމަތިލައްވާ ކެންޑިޑޭޓް އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ކުރެއްވި ޓުވީޓެއް ރީޓުވީޓް ކޮށްފައެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުން ބުނީ އެއީ އޮޅިގެން ކުރެވުނު ޓުވީޓެއް ކަމަށެވެ. އަދި އެކަމަށް މައާފަށް އެދޭ ކަމަށެވެ. ރައީސް އޮފީހުގެ ސޯޝަލް މީޑިއާ އަދި ވެބްސައިޓްތަކުން އެއްވެސް ކެންޑިޑޭޓަކު އެންޑޯޒްކޮށް އެއްވެސް މީހެއްގެ ކެމްޕޭން ހަރަކާތް ނުވަތަ ޕާޓީތައް އެންޑޯޒް ކުރަން މަސައްކަތް ނުކުރާ ކަމުގައިވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އަދި މިފަދަ އެހެންކަމެއް ވިޔަ ނުދިނުމަށްޓަަކައި ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ރީޓްވީޓް ކޮށްފައި ވަނީ ފައްޔާޒް މ.އަތޮޅަށް ރަށާއި ފ.އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރު ނިންމާލެއްވުމަށް ފަހުގައި ކުރެއްވި ޓްވީޓެކެވެ. ފައްޔާޒްގެ ޓުވީޓްގައި ވިދާޅުވެފައި ވަނީ މުލަކު އަދި ނިލަންދެ އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުގައި ދެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވާ ކަމަށެވެ. ޕާޓީގެ ހިންގުން އެހެން މަރުޙަލާ އަކަށް އުފުލާލަން މެންބަރުން އެދޭ ކަމަށާއި އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ވާނެ ކަމަށް ވެސް ރައީސް އޮފީހުން ރީޓްވީޓް ކުރި ޓްވީޓްގައި ފައްޔާޒް ވިދާޅުވެފައިވެއެވެ.


Advertisement
- ކޮމެންޓް