ކ. މާލެ
|
12 މާރޗް 2022 | ހޮނިހިރު 16:23
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް
ޝުރުފާ މުހައްމަދު
ކަރަންޓުގެ ޚިދުމަތް
ތެލުގެ އަގުބޮޑުވި ނަމަވެސް ކަރަންޓުގެ އަގުބޮޑު ނުކުރާނަން: ޝަރީފް
ފްލެޓް ރޭޓެއްގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައި
ސްޓެލްކޯއިން އަމާޒު ހިފާފައިވަނީ ތެލަށްކުރާ ޚަރަދު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް
ރަޝީއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ތެލުގެ އަގަށް ދަނީ ބަދަލުތައް އަންނަމުން

ތެލުގެ އަގު ބޮޑުވި ނަމަވެސް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ދޭ ކަރަންޓު ޚިދުމަތުގެ އަގު ބޮޑު ނުކުރާނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ. ރަޝީއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ތެލުގެ އަގަށް އަންނަމުންދާ ބަދަލާއެކު ހަކަތައިގެ މާކެޓަށް ދަނީ ބޮޑެތި އަސަރުތަކެއް ކުރަމުންނެވެ.

ހޮނިހިރު ދުވަހު ޝަރީފް ވިދާޅުވީ ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ސްޓެލްކޯއިން ދޭ ކަރަންޓުގެ ޚިދުމަތް އަގު ބޮޑު ނުކުރާނެ ކަމަށާއި، ފްލެޓް ރޭޓެއްގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

ސްޓެލްކޯއަކީ މާލެސިޓީގެ އިތުރުން ކ.އަތޮޅުގެ ބައެއް ރަށްތަކަށް ކަރަންޓު ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ. ސަރުކާރު ހިއްސާވާ މިކުންފުނިން މިހާރު އަމާޒު ހިފާފައިވަނީ ތެލަށްކުރާ ޚަރަދު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށެވެ.

ސްޓެލްކޯއިން މިހާރު ވެސް ދަނީ އިންސްޓޯލްމަންޓް ސްކީމަކަށް ސޯލާ ޕެނެލްތައް ވިއްކަމުންނެވެ. ސްޓެލްކޯގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި ފެނަކަ ކޯޕަރޭޝަނުން ވެސް ދަނީ އިއާދަކުރަނިވި ހަކަތަ ގާއިމްކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. މި ސަރުކާރުގެ ރިޔާސީ ދައުރު ނިމޭއިރު، ރާއްޖޭގައި އުފައްދާ ހަކަތައިގެ އެންމެ މަދުވެގެން 26 އިންސައްތަ އިރުގެ އަލިން އުފެއްދޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް