ކ. މާލެ
|
12 މާރޗް 2022 | ހޮނިހިރު 12:59
އެމެރިކާ ސަރުކާރުގެ އިސް ބައެއް ފަރާތްތަކާ ސްޓޭޓް މިނިސްޓަރ ޚަލީލް ބައްދަލުކުރެއްވުން
އެމެރިކާ ސަރުކާރުގެ އިސް ބައެއް ފަރާތްތަކާ ސްޓޭޓް މިނިސްޓަރ ޚަލީލް ބައްދަލުކުރެއްވުން
ފޮރިން މިނިސްޓްރީ
ސްޓޭޓް މިނިސްޓަރ ޚަލީލް
ސްޓޭޓް މިނިސްޓަރ ޚަލީލް އެމެރިކާ ސަރުކާރުގެ އިސް ބައެއް ފަރާތްތަކާ ބައްދަލުކުރައްވައިފި
 
ބައްދަލުވުން އޮތީ ވޮޝިންޓަން ޑީސީގައި

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ, ދެކުނު އަދި މެދުތެރޭ އޭޝިޔާއާބެހޭ އެންމެ އިސްވެރިޔާ، އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނަލްޑް ލޫއާ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލް އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ބައްދަލުކުރައްވައިފިއެވެ.

މީގެ އިތުރުން ޔޫ.އެސް އޭޖެންސީ ފޮރ އިންޓަނޭޝަނަލް އެއިޑް (ޔޫ.އެސް އޭ.އައި.ޑީ)ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ކަންތަކާ ހަވާލުވެ ހުންނެވި އެކްޓިންގ ޑެޕިއުޓީ އެސިސްޓަންޓް އެޑްމިނިސްޓްރޭޓަރ ތިއޮޑޯރާ ޑެލްއާ ވެސް ސްޓޭޓް މިނިސްޓަރ ޚަލީލު ވަނީ ބައްދަލުކުރައްވާފައެވެ.

އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނަލްޑް ލޫ އާއިއެކު ބޭއްވެވި މަޝްވަރާތަކުގައި ދެ ބޭފުޅުން ވަނީ, އެމެރިކާއާ ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ތައުލީމާއި، ތިމާވެށި, އަދި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން އިތުރަށް ގުޅުން ބަދަހިކުރުމާއި، ބައިނަލްއަގުވާމީ މަސްރަހުގައި ހިނގާ, ދެގައުމާ ގުޅުން ހުރި ކަންތައްތަކާ ބެހޭ ގޮތުން ސްޓޭޓް މިނިސްޓަރ ޚަލީލާއި އެސިސްޓަންޓް ސެކްރެޓަރީ ލޫ މަޝްވަރާކުރެއްވިއެވެ.

ޔޫ.އެސް.އޭ.އައި.ޑީއާއެކު ސްޓޭޓް މިނިސްޓަރ ޚަލީލް ކުރެއްވި މަޝްވަރާތަކުގައި, އެ އޭޖެންސީގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި މިހާރު ހިންގަމުންދާ އެކިއެކި ޕްރޮޖެކްޓްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ސްޓޭޓް މިނިސްޓަރ ޚަލީލްގެ އަރިހުގައި ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސައިންއާއި، އެމްބަސީގެ މިނިސްޓަރ-ކައުންސެލަރ ހަސަން އާދަމްގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދާއި ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދު ބައިވެރިވެވަޑައިގަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް