Advertisement
ކ. މާލެ
|
8 މާރޗް 2022 | އަންގާރަ 23:57
އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ނިކުންނަވާ ދެ ބޭފުޅުން: އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ކ) އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ނިކުންނަވާ ދެ ބޭފުޅުން: އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ކ) އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
ރާއްޖެއެމްވީ
އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބު
ޗެއަރޕަރސަންގެ އިންތިޚާބު ފަސްކުރަން ގައުމީ މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްކޮށްފި
115 މެންބަރުންގެ ތެރެއިން 100 މެންބަރުން ވޯޓު ދެއްވީ މެއި މަހުގެ 14 ވަނަ ދުވަހަށް އިންތިޚާބު ފަސްކުރުމަށް
އިންތިޚާބު އޮންނާނީ މެއިމަހުގެ 14 ވަނަ ދުވަހު
އަންހެނުންގެ ރޫހުގެ ދަފްތަރަކީ ޕާޓީގެ ރަޖިސްޓްރީގައިވާ ހުރިހާ އަންހެނުން ކަމަށް ވަނީ ކަނޑައަޅާފައި

ގައުމީ މަޖިލީހުގެ އަޣްލަބިއްޔަތުން އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބު މެއިމަހުގެ 14ށް ފަސްކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ އިމާދުއްދީން ސްކޫލުގެ ހޯލުގައި ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދައްކައި ބަހުސްކޮށްފައިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ފަސްކުރުމާމެދު ގޮތެއް ނިންމުމަށެވެ. މި އިންތިޚާބުތަކުގެ ތެރޭގައި ޕާޓީގެ ޗެއަރޕަރސަންގެ އިންތިޚާބާއި، އަންހެނުންގެ ރޫހުގެ އިންތިޚާބު, އަދި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު ހިމެނެއެވެ.

އެގޮތުން ރަމަޟާން މަސް ނިމި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަސް ނިމި އެންމެ ފުރަތަމަ އަންނަ ހޮނިހިރު ދުވަސްކަމުގައިވާ މެއި 14ގައި އިންތިހާބު ބޭއްވުމަށް ހުށަހެޅުއްވީ މަތި އުތުރު ޕްރޮވިންސްގެ ރައީސް އިބްރާހީމް ވަހީދެވެ. އަދި މި ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ކިނބިދޫ ދާއިރާގެ ރައީސް އަދި މަޖިލިސް މެންބަރު މުހައްމަދު ނާޝިޒެވެ.

Advertisement

2 ގަޑިއިރަށްވުރެ ގިނައިރު ބޭއްވި މި ބައްދަލުވުމަށްފަހު ހާޒިރުވި 115 މެންބަރުންގެ ތެރެއިން 100 މެންބަރުން ވޯޓު ދެއްވީ މެއި މަހުގެ 14 ވަނަ ދުވަހަށް އިންތިޚާބު ފަސްކުރުމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ދަފްތަރަކީ އެމްޑީޕީގެ ރަޖިސްޓްރީގައި ތިބި ހުރިހާ އަންހެނުން ކަމަށް ކަނޑައަޅަން މީދޫ ދާއިރާގެ ރައީސް އަހުމަދު ޖައިޝް ވަނީ ހުށަހަޅުއްވާފައެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲއެވެ. މި ހުށަހެޅުން ފާސްވީ ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު މީގެ ކުރިން ބޭއްވުމަށް ނިންމީ އެޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ. ނަމަވެސް ރަމަޟާން މަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭތީ ޗެއަރޕަރސަންގެ އިންތިހާބަށް ކުރިމަތިލެއްވި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ހުށަހެޅުއްވީ އިންތިޚާބު ރަމަޟާން މަހުގެ ތެރޭގައި ނުބާއްވައި, އެހެން ތާރީޚެއް ގައުމީ މަޖިލީހުން ކަނޑައަޅައިދިނުމަށެވެ. މީގެ އިތުރުން ޗެއަރޕަރސަން ކަމަށް ކުރިމަތިލެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ ރޯދައިގެ ފަހަށް އިންތިޚާބު ފަސް ކުރައްވަން އިއުތިރާޒް ކުރައްވައި, ރޯދައިގެ ކުރިން އިންތިޚާބު ބޭއްވުމަށް ހުށަހަޅުއްވާފައެވެ.

Advertisement

Advertisement
- ކޮމެންޓް