Advertisement
ކ. މާލެ
|
7 މާރޗް 2022 | ހޯމަ 17:45
އެމްޑީޕީ ޑެޕިއުޓީ ޕީޖީއަކަށް ހޮވިވަޑައިގެންނެވީ މެންބަރު ޝަހީމް
އެމްޑީޕީ ޑެޕިއުޓީ ޕީޖީއަކަށް ހޮވިވަޑައިގެންނެވީ މެންބަރު ޝަހީމް
އެމްޑީޕީ
އެމްޑީޕީ ޕީޖީ އިންތިހާބު
އިލްޔާސް އާއި ވާދަކުރައްވާ ޑެޕިއުޓީ ޕީޖީ އަކަށް އަނދުން ހުސައިން
ޝަހީމަށް 38 ވޯޓް ލިބިވަޑައިގެންނެވި އިރު އިލްޔާސް އަށް ލިބިވަޑައިގެންނެވީ 25 ވޯޓު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫއްޕުގެ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހޮވިވަޑައިގެންފިއެވެ.

ހޯމަ ދުވަހު ބޭއްވި ވޯޓުގައި މެންބަރު ޝަހީމް ހޮވިވަޑައިގެންނެވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބައި ވާދަކުރައްވައިގެންނެވެ. ޝަހީމަށް 38 ވޯޓް ލިބިވަޑައިގެންނެވި އިރު އިލްޔާސް އަށް ލިބިވަޑައިގެންނެވީ 25 ވޯޓެވެ. އެހެން ކަމުން ޝަހީމް ޑެޕިއުޓީ ޕީޖީ ލީޑަރުކަމަށް ހޮވިވަޑައިގެންނެވީ 13 ވޯޓުގެ ތަފާތަކުންނެވެ.

Advertisement

ޝަހީމާއި އިލްޔާސް ދެވަނަ ބުރަކަށް ދާންޖެހުނީ ފެބްރުއަރީ 18 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެދެބޭފުޅުންނަށް ލިބިވަދައިގެންނެވި ވޯޓު އެއްވަރު ވެފައި ވާތީއެވެ. ދެ ބޭފުޅުންނަށް ވެސް އެފަހަރު ލިބިވަޑައިގެންނެވީ 34 ވޯޓެވެ.

ޑެޕިއުޓީ ޕީޖީ ލީޑަރުކަމަށް 2 ބޭފުލުން ހޮވަން ޖެހޭއިރު، ކުރިމަތިލެއްވި 3 ބޭފުޅުންގެ ތެރެއިން އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް ފުރަތަމަ ބުރުގައި 49 ވޯޓު ލިބިވަޑައިގެން ވަނީ މަގާމު ކަށަވަރުކުރައްވާފައެވެ.

ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ބޭއްވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އިންތިހާބު 2022 ގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެ ޕާޓީގެ ޕީޖީ ލީޑަރުކަމަށް އަސްލަމް ހޮވިވަޑައިގެންނެވީ 40 ވޯޓުންނެވެ. އަސްލަމްގެ އިތުރުން މި މަގާމަށް ވާދަކުރެއްވި މެދުހެންވޭރު ދާއިރާގެ މެމްބަރ ޢަލީ އާޒިމް އަށް ލިބިވަޑައިގެންނެވީ 25 ވޯޓެވެ.

އަމީން އާންމުގެ މަގާމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވަނީ ހޮވިވަޑައިގެންފައެވެ. އަދި ޑެޕިއުޓީ އަމީން އާންމުގެ މަގާމަށް ވާދަކުރެއްވި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވަނީ ހޮވިވަޑައިގެންފައެވެ.

ޗީފް ވިޕަކަށް ހޮވިވަޑައިގެންނެވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު މުޣުނީއެވެ.

ވިޕުންގެ ގޮތުގައި 6 ބޭފުޅުން އައްޔަން ކުރަން ހަމަޖެހިފައިވީ ނަމަވެސް، އެ މަގާމަށް ވާދަ ކުރެއްވީ 5 ބޭފުޅުންނެވެ. އަދި އެ 5 ބޭފުޅުން ވެސް ވަނީ ހޮވިވަޑައިގެންފައެވެ. އެއީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ) އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް